Advertisement
ކ. މާލެ
|
23 ޖުލައި 2017 | އާދީއްތަ 23:09
ރައީސް މައުމޫން އަބްދުލް ގައްޔޫމް ކުނޫޒްގައި ވާހަކަދައްކަވަނީ
ރައީސް މައުމޫން އަބްދުލް ގައްޔޫމް ކުނޫޒްގައި ވާހަކަދައްކަވަނީ
ޓްވިޓަރ
ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާ
ރައީސް ޔާމީން ވެރިކަމަށް ގެންނެވުނީތީ ރައްޔިތުންގެ ކިބައިން މާފަށް އެދެން:ރައީސް މައުމޫން
ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރިން
ރައީސް ޔާމީން ކަންކަން ކުރައްވަނީ ގާނޫނު އަސާސީއަށް ހިލާފަށް
އެކަމުގެ ބަދުނާމު އުފުލަންޖެހޭ ކަމަށް ގަބޫލުކުރަން

ރައީސް ޔާމީން ވެރިކަމަށް ގެންނެވުނީތީ ރައްޔިތުންގެ ކިބައިން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މައާފަށް އެދިވަޑައިގެންފި އެވެ. 

މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީންގެ އެއްބަފާ ބޭބޭފުޅުން ރައީސް މައުމޫން ވިދާޅުވީ، ރައީސް ޔާމީން ވެރިކަމަށް ގެންނެވުމަށް އެ މަނިކުފު އަމިއްލަ ފުޅަށް  ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. އެގޮތުން ރައްޔިތުންގެ އަރިހަށް ގޮސް ވެރިކަމަށް ގެނައުމަށް ގިނަ މސައްކަތްތަކެއް ކުރެވުނު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

 ރައީސް ޔާމީން ވެރިކަމަށް ގެންނެވުނު ނަމަވެސް، ފެނިގެންދިޔައީ ޕީޕީއެމްގެ އުސޫލުތަކާއި ހިލާފަށް ކަންކަން ކުރެވެމުންދާ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.  މިއީ ވަރަށް ހިތްދަތި އިހުސާސްތަކެއް މިއަދު ކުރަންޖެހޭ ކަމެއް ކަމަށް މައުމޫން ވިދާޅުވި އެވެ.

" ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން، ޕީޕީއެމްގެ ޕްލެޓްފޯމްގައި ޕީޕީއެމް މެނިފެސްޓޯ ހިތްޕަވައިގެން ނުކުންނެވި ބޭފުޅަކަށް ވާތީ، މިއަދު ވަރަށް ދެރަވޭ. ރައްޔިތުންގެ ކިބައިން އެކަމަށް މާފަށްވެސް އެދެން." ރައީސް މައުމޫން ވިދާޅުވި އެވެ.

 ރައީސް މައުމޫން ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ގެންނެވީ ހެޔޮ ނިޔަތުގައި ކަަމަށާއި، އެހެން ނަމަވެސް ޕީޕީއެމްގެ ފަލްސަފާއާ ހިލާފަށް މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މިކަންކަމުގައި ރައްޔިތުންގެ ކުރިމަތިގައި ވިދާޅުވާނެ އެއްޗެއް ނެތް ކަމަށާއި ކަންކަން ކުރައްވަމުން ގެންދަވަނީ ހިތްޕުޅަށް އަރައިވަޑައިގެންނެވި ގޮތަކަށް ކަމަށެވެ. ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށާއި އެކަމުގެ ބަދުނާމު އެޅުނީ އެމަނިކުފާނުގެ އިސްތަށިފުޅުގައި ކަމަށް ގަބޫލް ކުރައްވާކަމުގައި ރައީސް މައުމޫން ވިދާޅުވި އެވެ.

ގައުމު އިސްލާހު ކުރުމަށް ފެށި މަސައްކަތަކީ ސަރުކާރު ވައްޓާލުމަށް ކުރާ މަސައްކަތެއް ނޫން ކަމަށާއި އެހެން ނަމަވެސް މިއީ ގައުމުގެ އިސްލާހަށް ކުރާ މަސައްކަތެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިއީ ވަރަށް މީހަކު ވެރިކަމަށް ގެނައުމަށް ކުރާ މަސައްކަތެއް ނޫން ކަމަށާއި ވަކި މީހަކަށް ދެރައެއް ދޭން ކުރާ ކަމެއް ނޫން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތް ކާމިޔާބު ވެގެންދާނެ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
23 ޖުލައި 2017 | އާދީއްތަ 23:19
ކުޑަކަތީބް
ދިވެހި ރާއްޖޭގެ ލޮބުވެތި ރައީސުލްޖުމުހޫރިއްޔާ އަލް އުސްތާޒް މަޢުމޫނު އަބުދުލް ޤައްޔޫމް އާއި އެމަނިކްފާނުގެ އާއިލާއިން މިއަދު ތަހައްމަލް ކުރަމުން ގެންދަވާ ހިތްދަތިކަމުގައި ބައިވެރިވަން - މަނިކްފާނުގެ ދެ ދަރިން ފިކުރާ ހިޔާލާ ތަފާތުކޮށް އެކެހެރި ކުރުވާފަ އަނެއް ދެދަރިންގެ ތެރެއިން އެއްކުޖަކު ޖަލުގެ ގޮޅިއަކަށް ވައްދާފަ، އަނެއްދަރިފުޅު ގިސްލަ ގިސްލާ ފަހަތުގެ ހުންނެވިކަމީ ލިބޭ ހިތްހަމަޖެހުމެއް! ދަންނަވަން އޮތީ އެބައިމީހުންގެ ނުކުޅެދުން ތެރި ކަމުގެ ސަބަބުން ދުނިޔަވީ ކަންތަކާހުރެ އެދަރިންނަށް ތަޢުލީމެއް ތަރުބިއްޔަތެއް ނުދެވި އެދަރިން އެކެހަރިކޮށް މަގުމަތި ކުރުވުމުގެ ސަބަބުން ދަރިންގެ އިހުސާސެއް އެމީހުންނަކަށް ނުވާނެ! އަޅުގަނޑުގެ ދުޢާއަކީ މަނިކްފާނާއި އާއިލާއަށް ހެޔޮގޮތްތައް މިންވަރު ކުރުން
23 ޖުލައި 2017 | އާދީއްތަ 23:16
ރޮބެޓާ
މަރުހަބާ ރައީސް މައުމޫނު.. ހަމަ ގައިމުވެސް އަޅުގަނޑު މަނިކުފާނު އަށް ހިތުން ރުހުމުން މާފް ކޮށްފިން.. ޝުކުރިއްޔާ ގައުމާއި ގެން ކުރިއަށް. ﷲގެ އިރާދަފުޅުން ކާމިޔާބު ފެންނާނެ
23 ޖުލައި 2017 | އާދީއްތަ 23:13
Meeha
Faris maumoon ah verikan libeythw e uleynee