ރިސޯޓެއް ތަރައްގީ ކުރަމުން އަންނަ ބ. ވައްކަރުގައި ބިދޭސީއަކު ހިފަހައްޓާ، ރަހީނު ކުރި މައްސަލައާ ގުޅިގެން ތިން ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މި މައްސަލަ ހުށަހަޅާފައި ވަނީ ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. މި މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ. މިހާދިސާގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މިހާދިސާއާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުކުރެ އެވެ. ހައްޔަރުކޮށްފައިވަނީ އަދި އަނިޔާ ލިބުނު ބިދޭސީ މީހާއަކީ ކޮން ގައުމަކަށް ނިސްބަތްވާ ބިދޭސީން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
މި ބޭސީއަށް އަނިޔާކުރި މި މައްސަލައެއް ހިނގާފައިވާ އިރު، ދޭތެރެ ދޭތެރެއިން ރާއްޖޭގައި މަސައްކަތް ކުރުމަށް އައިސް އުޅޭ ބިދޭސީންގެ ކުށުގެ މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ.