ކ. މާލެ
|
23 ޖުލައި 2017 | އާދީއްތަ 21:43
ޕާމް ބީޗް ސްޕޯޓްސް ކުލަބާއި ހިންނަވަރު އެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން
ޕާމް ބީޗް ސްޕޯޓްސް ކުލަބާއި ހިންނަވަރު އެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން
އަބްދުﷲ ޒިޔާން އަލީ
ޕާމް ބީޗް ސޮކާކަޕް
ޕާމް ބީޗް ސްޕޯޓްސް ކުލަބުން ކުޅުނު ދެވަނަ މެޗްވެސް ކާމިޔާބުކޮށްފި
ޕާމް ބީޗް ސްޕޯޓްސް ކުލަބުން މެޗް ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުން
މުބާރާތުގައި ހޯމަ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކޭ ޔުނައިޓެޑާއި ސްޕޯޓިން ވެކެންޒާ

 

ޕާމް ބީޗް ސޮކާ ކަޕްގައި ޕާމް ބީޗް ސްޕޯޓްސް ކްލަބުން ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފިއެވެ.

ޕާމް ބީޗް ރިސޯޓް އެންޑް ސްޕާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގައި ޕާމް ބީޗް ސްޕޯޓްސް ކުލަބުން ހިންނަވަރު އެފްސީ އާއި ވާދަކުރި މެޗް އެޓީމުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޕާމް ބީޗް ސްޕޯޓްސް ކުލަބަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އަބްދުލް ރަހީމް އަބޫބަކުރާއި، އިބްރާހިމް ޝިފާޒް އެވެ. އެގޮތުން އަބްދުލް ރަހީމް އަބޫބަކުރު ވަނީ 2 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި އޭނާ ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ހިންނަވަރު އެފްސީއަށް ލަނޑުތަށް ކާމިޔާބުކޮށްދިނީ އަހުމަދު ނަވީން މުހަންމަދާއި، ހުސައިން ހާފިޒް އެވެ.

މިއީ މި މުބާރާތުގައި މިދެޓީމް މިހާތަނަށް ކުޅުނު ދެވަނަ މެޗެވެ. އެގޮތުން ޕާމް ބީޗް ސްޕޯޓްސް ކުޅަބުން ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން ވަނީ ކޭ ޔުނައިޓެޑްގެ މައްޗަށް 7-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކުރިހޯދާފައެވެ. ނަމަވެސް ހިންނަވަރު އެފްސީއިން އެޓީމު ކުޅުނު ފުރަތަމަ މެޗުގައި ސްޕޯޓިން ވެކެންޒާ އާއި ބައްދަލުކޮށް ވަނީ އެއްވަރުވެފައެވެ.

މުބާރާތުގައި ހޯމަ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކޭ ޔުނައިޓެޑާއި ސްޕޯޓިން ވެކެންޒާއެވެ.

ދެ ގުރޫޕަކަށް ބަހާލައިގެން ކުރައަށް ގެންދާ މި މުބާރާތުގައި ޖުމްލަ 7 ޓީމު ވާދަކުރެއެވެ. އެގޮތުން ގްރޫޕް "އޭ" ގައި ހިމެނެނީ ޕާމް ބީޗް ސޮކާ ކްލަބް އާއި، ހިންނަވަރު އެފްސީ އާއި، ސްޕޯޓިން ވެކެންޒާގެ އިތުރުން ކޭ ޔުނައިޓެޑެވެ. ގްރޫޕް "ބީ" ގައި ހިމެނެނީ ކޮކޫން ފޫޓްބޯލް ޓީމާއި، ކުރެއްދޫ އެފްސީ އާއި، އައިޑިއަލް މޫވްމެންޓްސް އެވެ.

ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅިފައިވާ މި މުބާރާތުގައި ފެއާ ޕްލޭ ޓީމާއި، ޑްރީމް ޓީމާއި، އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ އާއި، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް