ކ. މާލެ
|
23 ޖުލައި 2017 | އާދީއްތަ 18:25
ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް
ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް
މިހާރު
ބްރޯޑްކޮމްގެ އިންޒާރު
މަހުލޫފުގެ މެސެޖު ޝަހީބަށް: ކޮމިޝަންގައި އިންނަވައިގެން ދޭ އިންޒާރާއި، ހިންގާ ޖަރީމާގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނެ!
ޝަހީބް ކޮމިޝަންގެ ރައީސަކަށް ހުންނަވައިގެން ހިންގަވަ ހުރިހާ ޖަރީމާއެއް އަދި ދޭ އިންޒާރާއި ކުރާ އަނިޔާގެ ފުރިހަމަ ޒިންމާ އުފުއްލަވަންޖެހޭނެ
އެންމެ ގިނަވެގެންވެސް ދެން އޮތީ އެއް އަހަރު
ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް ބާއްވާ މުޒާހަރާތައް ލައިވްކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ބްރޮޑްކާސްޓިން ކޮމިޝަނުން ވަނީ ނިންމައިފަ

ރައީސް އަބްދުﷲ ޔާމީންގެ އަޅަކަށްވެގެން، ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ހިލާފަށް ހިންގާ ކަންކަމުގެ ޒިންމާ ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް ނަންގަވަންޖެހޭނެކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

 

ބްރޯޑްކާސްޓިން ކޮމިޝަނަށްގެ ރައީސް މުހައްމަދު ޝަހީބަށް، ފޮނުއްވި މެސެޖެއްގައި މަހުލޫފް ވިދާޅުވީ ޝަހީބް ކޮމިޝަންގެ ރައީސަކަށް ހުންނަވައިގެން ހިންގަވަާ ހުރިހާ ޖަރީމާއެއް އަދި ދޭ އިންޒާރާއި ކުރާ އަނިޔާގެ ފުރިހަމަ ޒިންމާ އުފުއްލަވަންޖެހޭނެކަން ހަނދާންކޮށްދޭކަމަށެވެ. އަދި ޤާނޫނު އަސާސީއައި ޤާނޫނުތަކާއި ޚިލާފަށް، ރައީސް ޔާމީންގެ އަޅެއްގެ ގޮތުގައި ހުންނަވައިގެން ކުރާ ހުރިހާ ކަމެއްގެ ސަބަބުން  ގެއްލިގެންދާ ރައްޔިތުންގެ ހައްޤުތަކަށް އިންސާފު ހޯދުމަށް އެންމެ ކުރީގައި އޭނާ ހުންނަވާނެކަމަށް މަހުލޫފު ފޮނުވި މެސެޖުގައި ވިދާޅުވި އެވެ.

 

އޭގެއިތުރުން ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބަށް މަހުލޫފު ފޮނުވި މެސެޖުގައި ވިދާޅުވެފައި އެންމެ ގިނަވެގެންވެސް ދެން އޮތީ އެއް އަހަރު ކަމަށެވެ.

 

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބަށް މަހުލޫފް މެސެޖެއް ފޮނުވިއިރު، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް ބާއްވާ މުޒާހަރާތައް ލައިވްކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ބްރޮޑްކާސްޓިން ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

- ކޮމެންޓް
23 ޖުލައި 2017 | އާދީއްތަ 19:10
ނަގޫފިތިފަވާ ކޮމިޝަން
ޝަހީބޫ ތިބޭފުޅާއަށް ކިހިނެއްތޯ ގާނޫނާ ހިލާފަށް ބާއްވާ މުޒާހަރާއެއްކަމެއް ނޫނީ އެއްވުމެއްކަމެއް އެގިލައްވަނީ އެކަމެއްނުހިގަނީސް؟؟؟ ސިޔާސީ އިސްވެރިން ކިތަންމެވަރަކަށް ސުލްހަވެރިކޮށް އެއްވުންބާއްވަންއުޅުނަސް ވަކިހިސާބަކުން ރައްޔިތުންގެ ކެއްތެރިކަންކޮޅުންލީމަ ލީޑަރުންނަކަށްވެސް ދެންރައްޔިތުންނެއް މައިތިރިއެއްނުކުރެވޭނެ އޭރުންރައްޔިތުންދާނީ ޖެހުނުތަނެއްފޫދުއްވާލާފަ ވަރިހަމަ ޝަހީބުގެ ކޮމިޝަންކަމުގައިވިޔަސް، މިހިސާބަށް ކަންތައްތަށް މިދަނީ މިނިވަން ކޮމިޝަންތަކަށް ކުފޫހަމަނުވާ ނަގޫފިތިފަތިބޭ ތިކަހަލަ މީހުން އައްޔަނުކުރުމުން. މާޒީން އިބުރަތް ލިބިގަތުން މުހިއްމު.