ކ. މާލެ
|
27 އޮކްޓޯބަރ 2023 | ހުކުރު 07:08
ލުކަކޫ ރޯމާގެ ދެވަނަ ލަނޑު ޖެހުމަށްފަހު: ފޮޓޯ-ރޮއިޓަރސް
ލުކަކޫ ރޯމާގެ ދެވަނަ ލަނޑު ޖެހުމަށްފަހު: ފޮޓޯ-ރޮއިޓަރސް
ރޮއިޓާސް
ޔޫރޮޕާ ލީގު
ޔޫރޮޕާ ލީގުގައި ލުކަކޫ އަށް ހުއްޓުމެއް ނެތް، ރޯމާ މޮޅު
ރޯމާ މޮޅުވީ 1-0 ން

ޔޫރޮޕާ ލީގުގައި ވިދިވިދިގެން 14 ވަނަ މެޗުގައި ބެލްޖިއަމްގެ ލުކަކޫ ލަނޑު ޖަހައިފިއެވެ.

ލުކަކޫ ލަނޑުޖެހި ސާދަވަނަ މެޗަކަށްވީ ރޯމާ އިން ޗެކްރިޕަބްލިކްގެ ސްލާވިއާ ޕްރާކް އަތުން 2-0 ން މޮޅުވި މެޗެވެ. ލުކަކޫ ލަނޑު ޖެހީ 17 ވަނަ މިނެޓުގައެވެ. އެކަމަކު އޭގެކުރިން މެޗުގެ ފުރަތަމަ މިނެޓުގައި ލަނޑު ޖަހާ ބޯވޭ ވަނީ ލީޑް ނަގައިދީފައެވެ. ރޯމާ އިން ދެ ލަނޑުވެސް ޖެހީ އެލް ޝާރަވީ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. ލުކަކޫ ޔޫރަޕާ ލީގުގައި ވިދިވިދިގެން 14 މެޗުގައި ލަނޑު ޖެހީ ތަފާތު ދެ ގައުމެއް ދެ ލީގެއްގެ ތިން ޓީމް ގައެވެ. އެންމެ ފުރަތަމަ 2014/2015 ވަނަ އަހަރުގެ ސީޒަންގައި އެވަޓަންގައެވެ. އޭގެފަހުން 2019/2020 ވަނަ އަހަރުގެ ސީޒަންގައި އިންޓަރ މިލާންގައެވެ. އަދި މިސީޒަންގައި ރޯމާގައެވެ. ލުކަކޫގެ ކުރިން ޔޫރަޕްގައި ވިދިވިދިގެން އެންމެ ގިނަ މެޗުގައި ލަނޑު ޖެހުމުގެ ރެކޯޑް އޮންނަނީ ރޮނާލްޑޯ އަތުގައެވެ. އެއީ ޗެމްޕިއަންސް ލީގުގެ 11 މެޗެއްގައި ލަނޑު ޖަހައިގެންނެވެ.

މެޗުން މޮޅުވެ ރޯމާ އޮތީ ގްރޫޕް ޖީގެ އެއް ވަނާގައެވެ. އެއީ ތިން މެޗުންވެސް މޮޅުވެ 9 ޕޮއިންޓާއެކުއެވެ. ދެވަނާގައި އޮތީ ރޯމާ އަތުން ބަލިވި ސްލާވިއާ ޕްރާކްއެވެ. އެއީ 6 ޕޮއިންޓާއެކުއެވެ. ޕްރިމިއަރ ލީގުގެ ވަރުގަދަ ލިވަޕޫލް ވަނީ ޓޫލޯސް 5-0 ން ބަލިކޮށްފައެވެ. ފްރާންސްގެ ކްލަބް ކޮޅަށް ލިވަޕޫލުގެ ފަސް ލަނޑު ޖެހީ ޖޮޓާ, އެންޑޯ, ނޫނޭޒް, ގްރަވެންބާކް, އަދި ސަލާހުއެވެ. ލިވަޕޫލް އޮތީ ތިން މެޗުން މޮޅުވެ ގްރޫޕް އީގެ އެއްވަނާގައެވެ.

- ކޮމެންޓް