Advertisement
ކ. މާލެ
|
23 ޖުލައި 2017 | އާދީއްތަ 16:44
ކުރީގެ ޕީޖީ މުހުތާޒް މުހުސިން
ކުރީގެ ޕީޖީ މުހުތާޒް މުހުސިން
އަވަސް
މުހުތާޒްގެ ބޭސްފަރުވާ
މުހުތާޒްގެ އުނަގަނޑަށް ސްޓިރޮއިޑް އިންޖެކްޝަން ޖަހައިފި!
މި އިންޖެކްޝަން ޖެހީ މިއަދުގެ ވަގުތެއްގައި
މުހުތާޒް އޭޑީކޭގައި އެޑްމިޓް ކޮށްފައިވަނީ ހޮނިހިރު ދުވަހު
އޭނާގެ މައްޗަށް ވަނީ 17 އަހަރުގެ ޖުލު ހުކުމެއް ކޮށްފައި

ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިންގެ އުނަގަނޑަށް ސްޓިރޮއިޑް އިންޖެކްޝަން ޖަހައިފި އެވެ.

މިކަން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ވަނީ ކަށަވަރު ކޮށްދީފަ އެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުހުތާޒް ގަޔަށް ސްޓިރޮއިޑް އިޖެކްޝަން ޖަހާފައިވަނީ، ހޯމަ ދުވަހުގެ މެންދުރުގެ ވަގުތެއްގަ އެވެ. އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ އުނަގަނޑުގެ ރިހުމަކަށެވެ. މި އިންޖެކްޝަން ޖެހުމަށް ފަހު، އިތުރު ފަސް ވަރަކަށް ދުވަހު އެޑްމިޓް ކޮށްފައި ބާއްވާނެ ކަމަށް މައުލޫމާތު ވަނީ ލިބިފަ އެވެ.

މުހުތާޒް އެޑްމިޓްކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. މީގެ ކުރިން، ވެސް އުނަގަނޑުގެ ރިހުމަށް ފަރުވާ ދިނުމަށް މުހުތާޒް އޭޑީކޭގައި އެޑްމިޓް ކުރެވިފައިވެ އެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީ 27 ވަނަ ދުވަހު ވެސް އޭޑީކޭ ހޮސްޕިޓަލުގައި މުހުތާޒް އެޑްމިޓްކޮށްފައިވެ އެވެ.

އުނަގަނޑުގެ ރިހުމަށް ހޯއްދަވާ ފަރުވާއަކީ މުހުތާޒްގެ މައްޗަށް ޖަލުގެ ހުކުމް ކުރުމުގެ ކުރިންވެސް ހޯއްދަވަމުން ދިޔަ ފަރުވާއެކެވެ.

މުހުތާޒް މުހުސިންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުކޮށް 17 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން 09 ވަނަ ދުވަހުއެވެ.

މި ހުކުމް އޭނާގެ މައްޗަށް ކުރީ ސައްހަނޫން ކޯޓު އަމުރެއް ހެދި މައްސަލައިގައެވެ.

 ރައީސް ޔާމީންގެ ވެރިކަމުގައި 2014 ވަނަ  އަހަރު ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުގައި މުހުތާޒް ހުންނެވި ނަމަވެސް 2015 ވަނަ އަހަރުގެ ފަހުކޮޅު ވަނީ އެ މަޤާމުން ވަކިކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް