ރެއާލް މެޑްރިޑް ދޫކޮށްލުމަށްފަހު އެޓީމުގެ މިޑްފިލްޑަރު ޑެނީލޯ މެންޗެސްޓާ ސިޓީއަށް ސޮއިކޮށްފި އެވެ.
އުމުރުން 26 އަހަރުގެ ޑެނީލޯ ސިޓީ އަށް ސޮއިކޮށްފައިވަނީ 26.5 މިލިއަން ޕައުންޑަށް ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ. އެގޮތުން މިހާރު ކުރިޔަށްދާ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި ސިޓީ ޖޯޒީގައި ޑެނީލޯ ފެނިގެންދާނެއެވެ.
ޑެނީލޯ ސިޓީއަށް ސޮއިކޮށްފައިވަނީ އޭނާ ހޯދުމަށް ޗެލްސީ އަދި ޖަރުމަނުގެ ބައެއް ކްލަބްތަކުންވެސް މަސައްކަތްކުރަމުން އަންނަނި ކޮށެވެ.
ސިޓީއަށް ބަދަލުވުމަށްފަހު އެ ކްލަބުގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ވޯކާ ބުނީ ސިޓީގެ ކުޅުންތެރިޔަކަށްވުމަކީ އޭނާ އަށް ލިބުނު އުފަލެއް ކަމަށާއި، ވަކިން ހާއްސަކޮށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅުމަކީ އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއް ކަމަށެވެ.
#welcomedanilo pic.twitter.com/R6LdhoAzc0
— Manchester City (@ManCity) July 23, 2017
ޑެނީލޯގެ އިތުރުން ސިޓީން ވަނީ ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޓޮޓެންހަމްގެ ފަހަތަށް ކުޅޭ ކައިލޯ ވޯކާގެ ސޮއިވެސް ހޯދާފައެވެ. ވޯކާ އެ ކްލަބަށް ބަދަލުވީ 45 މިލިއަން ޕައުންޑަށެވެ.
މިދިޔަ ސީޒަނުގައި ރެއާލްގެ ފުރަތަމަ އެގާރައިން ޑެނީލޯއަށް ޖާގަ ލިބުން މަދުވިއިރު، އޭނާ ކުރިޔަށް އޮތް ސީޒަނަށް އެހެން ކްލަބަކަށް ބަދަލުވާނެ ކަމަށް ބެލެވުނެވެ.
ޕޯޗުގަލްގެ އެފްސީ ޕޯޓޯ ދޫކޮށްލުމަށް ފަހު، 2015 ވަނަ އަހަރު ރެއާލްއާ ގުޅުނު ޑެނިލޯވަނީ ފާއިތުވެދިޔަ ދެ ސީޒަނުގައި އެޓީމަށް ކުޅުނު 54 މެޗުގައި ތިން ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ އެޓީމާއެކު ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕާކަޕް އަދި ފީފާ ކްލަބް ވޯލްޑްކަޕް ވެސް ކާމިޔާބުކޮށްފައެވެ