Advertisement
ކ. މާލެ
|
23 އޮކްޓޯބަރ 2023 | ހޯމަ 13:59
ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފް
ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފް
މަޖިލިސް
2024ގެ މަޖިލިސް އިންތިޚާބު
2024ގެ މަޖިލީހުގެ އިންތިޚާބުގައި ހުރިހާ ދައިރާއަކަށް ވާދަކުރަން ޑިމޮކްރެޓްސްއިން ނިންމައިފި
މަޖިލީހުގައި ތަމްސީލުކުރާ ދާއިރާތަކުގެ އަދަދު މަދުކުރުމަށް ކުރާ މަސައްކަތް ވެސް ހުއްޓާނުލައި ކުރިއަށް ގެންދާނެ
މަޖިލިހުގެ ދާއިރާތައް 76 ދާއިރާއަށް މަދުކޮށް، އިންތިޚާބު ކުރާ ގޮތަށްވެސް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅާނެ
މިހާރު މަޖިލީހުގައި ތިއްބަވަނީ 87 މެމްބަރުން

2024ގައި ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ހުރިހާ ދައިރާއަކަށް ވާދަކުރަން ދަ ޑިމޮކްރެޓްސްއިން ނިންމައިފިއެވެ.

އާދިއްތަ ދުވަހު ޑިމޮކްރެޓްސްއިން ވަނީ ވަގުތީ ކައުންސިލްގެ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ހަސަން ލަތީފް ވިދާޅުވީ މަޖިލީހުގައި ތަމްސީލުކުރާ ދާއިރާތަކުގެ އަދަދު މަދުކުރުމަށް ކުރާ މަސައްކަތް ވެސް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ ގޮތަށް ރައްޔިތުންގެ މަޖިލިހުގެ ދާއިރާތައް 76 ދާއިރާއަށް މަދުކޮށް، މަޖިލިސް އިންތިޚާބު ކުރާ ގޮތަށްވެސް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅާނެ ކަމަށެވެ.

Advertisement

އެމަސައްކަތް ކުރި ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ 93 ގޮނޑިއަށް ވާދަކުރަން ނިންމާފައިވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އަންނަ އަހަރުގެ މަޖިލިސް އިންތިޚާބަށް ހަ ދާއިރާއެއް އިތުރުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ ނިންމާފައެވެ. މިއާއެކު މަޖިލީހުގެ ގޮނޑީގެ އަދަދު 93ށް އަރާނެއެވެ. މިހާރު މަޖިލީހުގައި ތިއްބަވަނީ 87 މެމްބަރުންނެވެ.

މަޖިލީހުގެ މެމްބަރުންގެ އަދަދު ހިފެހެއްޓުމެއް ނެތި އިތުރުވާތީ ހައްލެއް ހޯދުމުގެ ގޮތުން މެމްބަރުންގެ އަދަދު 76އަށް މަދުކޮށް، އެ ވަރުގައި ހިފަހައްޓައި އޭގެ ތެރެއިން އަށް ގޮނޑި އަންހެނުންނަށް ހާއްސަކުރުމަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށް ޑިމޮކްރެޓްސްގެ ފަރާތުން ވަނީ އޮގަސްޓްގައި މަޖިލީހަށް ބިލެއް ހުށަހަޅާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް