Advertisement
ކ. މާލެ
|
23 ޖުލައި 2017 | އާދީއްތަ 10:09
އަނިޔާވެރި ރަހުމުކުޑަ ހަމަލާއެއްގައި މަރާލާފައިވާ ޔާމީން ރަޝީދު
އަނިޔާވެރި ރަހުމުކުޑަ ހަމަލާއެއްގައި މަރާލާފައިވާ ޔާމީން ރަޝީދު
ޓްވިޓަރ
ޔާމީން ރަޝީދުގެ މަރު
ޔާާމީންގެ މަރުގެ މައްސަލައިގައި ދައުވާ ކުރަން ފޮނުވީ 8 މީހެއްގެ މައްޗަށް: ޕީޖީ
ފުލުހުން މައުލޫމާތު ހާމަކުރީ ތިން މީހެއްގެ
ޔާމީން މަރާލާފައިވަނީ އޭޕްރީލް 23 ވަނަ ދުވަހު
އެމީހުންގެ މައްޗަށް ޖުމްލަ ތިން ތުހުމަތެއް ކޮށްފައިވޭ

ރަހުމުކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު، ލިޔުންތެރިޔާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ފުލުހުން ދައުވާކުރަން ފޮނުވީ އަށް މީހެއްގެ މައްޗަށް ކަމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވީ ބުރާސްފަތި ދުވަހު އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޕްރޮސެކިއުޓާރ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުން ދައުވާ ކުރުމަށް ފޮނުވާފައި ވަނީ އަށް މީހެއްގެ މައްޗަށް ކަމަށެވެ. ނަމަވެސް، އެ މީހުންނާ ގުޅޭ ތަފްސީލް އަދި ހާމަކުރެވެން ނެތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ޖުމްލަ އަށް މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވިއިރު، ފުލުހުން ނަން ހާމަކޮށްފައި ވަނީ ހަމައެކަނި ތިން މީހުންގެ އެވެ. ފުލުހުން ނަން ހާމަކޮށްފައި ވަނީ، އިސްމާއިލް ރަޝީދާއި، އިސްމާއިލް ހައިޝަމް ރަޝީދާއި އަހުމަދު ޒިހާން އިސްމާއިލްގެ އެވެ.

ފުލުހުން ބުނީ މި ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ ކުށުގެ ރިކޯޑް އޮތް މީހުން ކަމަށާއި، އެގޮތުން، އިސްމާއިލް ހައިޝަމް ރަޝީދަކީ ހަތިޔާރު ބޭނުންކޮށްގެން ފޭރުމުގެ ރިކޯޑް އޮންނަ މީހެއް ކަމަށެވެ. އަދި ފޭރުމުގެ މައްސަލައެއްގައި އޭނާ ޙުކުމް ވެސް ތަންފީޒުކޮށްފައިވާ ކަމަށެވެ. އިސްމާއިލް ރަޝީދަކީ، ގްރޫޕް ހަދައިގެން، ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ރިކޯޑް އޮތް މީހެއް ކަމަށް ފުލުހުން ބުނެފައި ވެ އެވެ.

 އޭޕްރީލު 23 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ޔާމީން ރަޝީދުގެ ފަހަތުން، އޭނާއަށް ފާރަލަމުންގޮސް ޔާމީން ރަޝީދު ދިރިއުޅޭ މ. ސްޕެޓިއުލާ ގޭތެރެއަށް، ޔާމީން ރަޝީދު ވަނުމުން، ޔާމީން ރަޝީދު ހިފަހައްޓާ ޔާމީން ރަޝީދަށް ތޫނު ހަތިޔާރުން ޙަމަލާ ދިނުމުގެ ސަބަބުން ޔާމީން ރަޝީދު ނިޔާވެފައިވާ މައްސަލައިގައި ހައްޔަރުކޮށްފައިވާ އެންމެންގެ މައްޗަށް ފުލުހުން ކޮށްފައި ވަނީ، ގަސްދުގައި މީހަކު މެރުމާއި، ޓެރަރިޒަމާއި، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރި ހިންގުމުގެ ކުށުގެ ތުހުމަތެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް