ކ. މާލެ
|
19 އޮކްޓޯބަރ 2023 | ބުރާސްފަތި 12:35
މިނިސްޓަރ އޮފް ސްޓޭޓް ފޯ ހޯމް އެފެއަރޒް އަލީ ނަޒީރު
މިނިސްޓަރ އޮފް ސްޓޭޓް ފޯ ހޯމް އެފެއަރޒް އަލީ ނަޒީރު
ރާއްޖެއެމްވީ
ކުށުގެ ވެށި ކޮންޓްރޯލްކުރުން
ސިޔާސަތުތަކަށް ގެނައި ބަދަލާއެކު މީހުން މެރުމާއި، ކުޑަކުދިން ކުށަށް ހުށަހެޅޭ ނިސްބަތް މަދުކުރެވިފައިވޭ: ހޯމް މިނިސްޓްރީ
 
ކުށަށް ހުށަހެޅިފައި ތިބި އެކުދިންނަށް ދޭންޖެހޭ ފަރުވާ ދިނުމުގައި ގިނަ މަސައްކަތްތައް ކުރަންޖެހޭ
 
ކުށުގެ ވެށި ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ސަރުކާރުގައި ސިޔާސަތުތަކަށް ގެނައި ބަދަލުތަކާއި ގުޅިގެން، އަނިޔާވެރިކޮށް މީހުން މެރުމާއި، ކުޑަކުދިން ކުށަށް ހުށަހެޅޭ ނިސްބަތް ވަރަށް ބޮޑަށް މަދުކުރެވިފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި މިނިސްޓަރ އޮފް ސްޓޭޓް ފޯ ހޯމް އެފެއަރޒް އަލީ ނަޒީރު ވިދާޅުވީ ރައީސް ސާލިހުގެ ސަރުކާރުގައި ސިޔާސަތުތަކަށް ގެނެވުނު ބަދަލުތަކުގެ ނަތީޖާ ރަނގަޅު ކަމަށާއި، ކުށުގެ ވެށި ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގައި މީހުން މެރުން އެކަށީގެންވާ މިންވަރަށް މަދުވެފައިވާ ކަމަށް އަލީ ނަޒީރު ވިދާޅުވިއެވެ.

އަލީ ނަޒީރު ވިދާޅުވީ ތަފާސްހިސާބުތަކަށް ބަލާއިރު، ކުޑަކުދިން ކުށުގެ ވެއްޓަށް ހުށަހެޅޭ މިންވަރު ދަށް ކަމަށެވެ. ނަމަވެސް ކުށަށް ހުށަހެޅިފައި ތިބި ކުދިންނަށް ދޭންޖެހޭ ފަރުވާ ދިނުމުގައި ގިނަ މަސައްކަތްތައް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އަލީ ނަޒީރު ވިދާޅުވީ ރާއްޖޭގެ އާއިލާތަކެއްގައި ހިމެނޭ މީހުންތަކެއް ޖީލުތަކަކަށް ކުށުގެ ތެރޭގައި ދިރިއުޅެމުންދާ ކަމަށާއި، އެކަން ބަދަލުކުރެވޭނީ މިކަމަށް އިންވެސްޓްކޮށް، ދޭން ޖެހޭ އެއްބާރުލުމާއި އެހީތެރިކަންދީގެން އެ ކަމަށް މަސައްކަތްކޮށްގެން ކަމަށެވެ.

ރާއްޖޭގައި ނެތް އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރެވިފައި. އަޅުގަނޑުމެން މަސައްކަތް ކޮށްފައިހުންނާނެ އެކަމަށްޓަކައި ވަސީލަތްތައް ގާއިމްކުރުމަށް. ޑިޕާޓްމަންޓް ޖުވެނަލް ޖަސްޓިސް އުފައްދާ، ކުރީގައި މަސައްކަތް ކުރަމުން އައި ޖުވަނަލް ޖަސްޓިސް ޔުނިޓް ބޮޑު ބަދަލުތަކާއެކު ގިނަ މުވައްޒަފުންތަކާއެކު މަސައްކަތް ކުރަމުންދަނީ ޖިނާއީ އަދުލްގެ ނިޒާމުން ހިމެނޭ ފަސް މުއައްސަސާއެއްގެ ފޯކަސް ވަރަށް ބޮޑަށް އެދިމާލަށް ބަދަލުކުރެވިގެން އެކަމަށް ބޭނުންވާ މަރުކަޒު މިހާރު އެހުރީ ގާތްގަނޑަކަށް ނިމިފައި. މިހާރު އަޅުގަނޑު ގަބޫލުރަނީ އެތަނަށް މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރާނެ. މިއަންނަ އަހަރު ކުރީކޮޅު ރީތިކޮށް އެމަސައްކަތް އަމަލީ މަސައްކަތް ފަށައިގަތުމަށް ގޮންޖެހުމެއް ނޯންނާނެ.
މިނިސްޓަރ އޮފް ސްޓޭޓް ފޯ ހޯމް އެފެއަރޒް އަލީ ނަޒީރު

އަލީ ނަޒީރު ވިދާޅުވީ ކުށުގެ ވެށީގައި ތިބި ކުދިންނަށް ފަރުވާ ދިނުމަށް މިސަރުކާރުގައި ވެސް ގިނަ މަސައްކަތްތައް ކުރެވިފައިވާ ކަމަށެވެ. ދިމާވި އެކިއެކި ސަބަބުތަކާއި ގުޅިގެން ދިގުދެމިގެންދާ ގޮތަށް ޕްރޮގްރާމްތައް ނުހިންގުނު ކަމަށް އަލީ ނަޒީރު ވިދާޅުވިއެވެ. ނަމަވެސް އައު ސަރުކާރަށް ގޮންޖެހުމަކާ ނުލައި ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭ މިންވަރަށް އިންސްޓިއުޓާއި، ވަސީލަތްތައް ގާއިމްކޮށްދެވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ރާއްޖެއިން 60،000 ޑޮލަރު ބޭރުކުރަން އުޅުނު މައްސަލައެއްގައި ހިމެނޭ ފައިސާ ހިފަހައްޓައި މައްސަލަ ބަލަނީ
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
އެސްއޯ އޮޕަރޭޝަންތަކަށް ސީޕީގެ ހުއްދަ ހޯދަން ސަރުކާރުން އަންގައިފި
އަނިޔާކުރި ކުދިންނަށް 15 އަހަރު ނުފުރޭތީ ކުށުގެ އަމަލަށް ޒިންމާ ކުރެވޭނެ ގޮތެއް ނެތް: މިނިސްޓަރ
ބަންގްލަދޭޝް މަސައްކަތްތެރިން ގެނެވޭގޮތަށް އަލުން ހުއްދަ ދިންފަހުން 4000 މީހުން އެތެރެވެއްޖެ - މިނިސްޓަރު
ރާއްޖޭގެ 3 ސަރަހައްދެއްގައި ރިހެބިލިޓޭޝަން ފަރުވާދޭ މަރުކަޒު ގާއިމުކުރަނީ
ހަނގުރާމައަށް ދިޔަ ބައެއް އާއިލާތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ގެނެވޭނެ: ހޯމް މިނިސްޓްރީ
ނުރައްކާތެރި ހަތިޔާރު ރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމުގައި ޢަމަލުކުރަންވީ ގޮތުގެ ގަވާއިދަށް އަމަލުކުރަން ފަށައިފި