ކ. މާލެ
|
19 އޮކްޓޯބަރ 2023 | ބުރާސްފަތި 12:29
އެމީހާގެ ހަށިގަނޑު މާލެ ގެނެސްފައި
އެމީހާގެ ހަށިގަނޑު މާލެ ގެނެސްފައި
އެމްއެންޑީއެފް
ކަނޑުމަތިން މީހެއްގެ ހަށިގަނޑު ފެށުން
ކަނޑުމަތިން މަރުވެފައި އޮށްވައި ފެނުނީ ރަސްފަންނު ކައިރިން މޫދަށް ފުންމާލި މީހެއް: އެމްއެންޑީއެފް
މި މީހާގެ ހަށިގަނޑު ފެނިފައިވަނީ، ދޫނިދޫ ކައިރިން ދަތުރުކުރި އެމްޓީސީސީގެ ފެރީގެ ފަޅުވެރިންނަށް
ހަށިގަނޑު ފެނިގެން ރިޕޯޓްކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 09:19 ހާއިރު
ޑައިވަރުން ވަނީ ރަސްފަންނު ކައިރި ކަނޑުއަޑިން 41590 އަކަ މީޓަރުގެ ސަރަހައްދެއް ބަލާފައި

މާލެ އަތޮޅު ކަނޑުމަތިން މަރުވެފައި އޮށްވައި ފެނުނީ ރަސްފަންނު ކައިރިން މޫދަށް ފުންމާލި މީހެއް ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު އެމްއެންޑީއެފުން ބުނީ ބުދަ ދުވަހު ރޭގެ ވަގުތެއްގައި ރަސްފަންނު ކައިރި މޫދަށް ފުންމާލިކަމަށް ބެލެވޭ މީހާ ގެއްލިގެން ހޯދަމުން ދަނިކޮށް، ދޫނިދޫ ކައިރި މޫދުގައި އޮއްވައި ފެނިފައިވާ ކަމަށެވެ.

އެ މީހާ ގެއްލިގެން އުޅޭކަމުގެ ރިޕޯޓް، އެމްްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ، ބުދަ ދުވަހުގެ ރޭ 19:54 ހާއިރުއެވެ. މި ރިޕޯޓް ލިބުމާ އެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވަނީ ބުދަ ދުވަހުގެ ރެއިން ފެށިގެން ހަރަކާތްތެރިވެފައެވެ. އެގޮތުން، އެ މީހާ ހޯދުމުގެ ގޮތުން ބުރާސްފަތި ދުވަހުގެ ހެނދުނު ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ ރަސްފަންނު ކައިރި ކަނޑުއަޑިން 41590 އަކަ މީޓަރުގެ ސަރަހައްދެއް ބަލާފައެވެ.

މި މީހާގެ ހަށިގަނޑު ފެނިފައިވަނީ، ދޫނިދޫ ކައިރިން ދަތުރުކުރި އެމްޓީސީސީގެ ފެރީގެ ފަޅުވެރިންނަށެވެ. އަދި ހަށިގަނޑު ފެނިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 09:19 ހާއިރުއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިންގެ އެހީތެރިކަމާއިއެކު މި މީހާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފައެވެ.

- ކޮމެންޓް