Advertisement
ކ. މާލެ
|
22 ޖުލައި 2017 | ހޮނިހިރު 20:48
އެމްޑީޕީގެ އެއްވުން
އެމްޑީޕީގެ އެއްވުން
މުހައްމަދު ޝަރުހާން
ފުލުހުންގެ ސްޓޭޓްމެންޓް
24 ވަނަ ދުވަހު އެއްވުމެއް ބާއްވާ ސިޔާސީ އެއްވެސް ޕާޓީއަކަށް ފުލުހުން ހުއްދަ ނުދޭ: ފުލުހުން
ސިޔާސީ ޕާޓީތަކަށް އެއްވެސް ހުއްދައެއް ނުދެން
ސިޔާސީ އެއްވެސް ހަރަކާތެއް ގައި ފުލުހުން ބައިވެރިނުވާނަން
ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް އެއްވުމެށް ބޭއްވުމަށް ފުލުުހުން ފުރުސަތު ނުދޭނަން

ޖުލައި 24 ވަނަ ދުވަހު ސިޔާސީ އެއްވެސް ޕާޓީ އަކަށް ނުވަތަ އެއްވެސް ގުޅިފައިވާ ޕާޓީ ތަކަކަށް ސިޔާސީ އެއްވުމެއް ބާއްވަން ފުލުހުން ހުއްދަދީފައިނުވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

 ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާނު ވިދާޅުވީ، ސިޔާސީ އެއްވެސް ހަރަކާތެއް ގައި ފުލުހުން ބައިވެރިނުވާނެ ކަމަށާއި ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ  ގާނޫނާ ހިލާފަށް އެއްވުމެށް ބޭއްވުމަށް ފުލުުހުން ފުރުސަތު ނުދޭނެ ކަމަށެވެ.

 މިހެން ޝިފާނު ވިދާޅުވެފައިވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ނޫސްވެރިންްގެ ބައްދަލުވުމުގައި ޖުލައި 24 ވަނަ ދުވަހުގެ ހެނދުނު އެމްޑީޕީގެ ހަރުގެ ސަރަހައްދަށް ވީހާވެސް ގިނަ ބަޔަކު އެއްވުމަށް އެދި ގޮވާލިތާ  އެއް ގަޑިއިރުވެސް ނުވަނީހެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފު ވަނީ 24 ވަނަ ދުވަހަކީ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްކުރުމަށް ކަނޑައަޅާފައިވާ ދުވަސް ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައިވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަން ފާސްވާނެކަން ޔަގީންވާތީ ކަމަށް ވިދާޅުވި އެވެ. މިކަމަކީ ރައްޔިތުން ކަންބޮޑުވާ މައްސަލައެއް ކަން ހާމަކޮށް، މިކަމުގައި މަޖިލީހުގެ މެންބަރުންނަށް ހިތްވަރު ދިނުމަށް ވީހާވެސް ގިނަ ރައްޔިތުން 24 ވަނަ ދުވަހު ހެނދުނު އެމްޑީޕީ ހަރުގެ ސަރަހައްދަށް އެއްވުމަށް މަހުލޫފު ގޮވާލެއްވި އެވެ.

މީގެ އިތުރުން އާދިއްތަ ދުވަހުގޭ ބާއްވާ ޖަލްސާއަށްވެސް ވީހާ ގިނަ ފަރާތްތަކުން ބައިވެރިވުމަށް އޭނާ ގޮވާލެއްވި އެވެ.

ފުލުހުން މިހެން ވިދާޅުވެފައިވާ އިރު ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަހުލޫފު ވަނީ، 24 ވަނަ ދުވަހު ބާއްވާ އެއްވުމަށް ފުލުހުން ހުރަސް ނާޅާނެ ކަަމަށް ވިދާޅުވެފައިވާކަން ހާމަކޮށްފަ އެވެ. މިކަން ފުލުހުން މިހާރު ވަނީ ދޮގުކޮށްފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ރުޝްދާ ރަޝީދު
- ކޮމެންޓް
23 ޖުލައި 2017 | އާދީއްތަ 08:36
މާޒް ސަލީމް
ޤާނޫނު އަސާސީ ބުނާގޮތުން އެއްވެސް ހުއްދައެއްނެގުމެއްނެތި ސުލުހަވެރިކަމާއެކު އެއްވެއުޅުމާ ހިޔާލް ފާޅުކުރުމަކީ ކޮންމެރައްޔިތަކަށްވެސް ލިބިގެންވާހައްޤެއް. މިމީހުނަށް ޤާނޫނު އަސާސީނޭގޭއިރު ކިހިނެއްތޯ ޤާނޫނުތަންފީޒް ކުރެވޭނީ، ކިހިނެއްތޯ ޤާނޫނު ނެގެހެއްޓޭނީ. ރައްޔިތުން ދައްކާޓެކްސްއިން މުސާރަނަގައިގެން އަނބިދަރިންނަށް ކާންދޭއިރު އެމުސާރަދޭމީހާއަށް އަނިޔާކުރަމުން އަވަގުރާނަގޮވަމުން ތިދަނީ މިނޫންދުވަހެއްއޮތްކަން ހަދުމަނުވަނީތޯ؟
22 ޖުލައި 2017 | ހޮނިހިރު 22:03
ޖާނޭ
ފެންފޯޢް ރުއްތައް ކަނޑާލަން ރައްޔިތުން ޙުއްދައެއް ނުދޭ ޑިފެންސް މިނިސްޓަޜ ފްރޭމް ކުރާކަށް ހުއްދައެއްނުދޭ އެމް.އެމް.ޕީއާރްސީ ގެ ފައިސާ މިރައީސްގެ އެކައުންޓަށް ކަހާލަން ހުެއްދައެއްނުދޭ ސިހުރު ޙަދަަން ޖުއްދައެއް ނުދޭ