ކ. މާލެ
|
18 އޮކްޓޯބަރ 2023 | ބުދަ 09:30
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން
ޕީޕީއެމް-ޕީއެންސީ
ޕީޕީއެމްއާއި ޕީއެންސީ: ގަދައީ ކޮންބައެއް، ދެން ވާނީ ކިހިނެތް؟
 
އައު ސަރުކާރު ހިންގުމާއި ގުޅޭގޮތުން ޑިމޮކްރެޓްސްއާއެކު ޕީއެންސީ ވަނީ މަޝްވަރާކޮށްފައި
 
މިހާރު ވެސް ގަދަބަސް ވިދާޅުވަމުން ގެންދަވަނީ ޕީއެންސީގެ ސިޔާސީ ލީޑަރުން

ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ވަރުގަދަ އަދި ނުފޫޒުގަދަ ދެ ޕާޓީއަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އާއި ޕޮރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އެވެ. އެއީ ޑިމޮކްރެޓިކް ނިޒާމުގައި ރާއްޖޭގެ ވެރިކަން ވެސް މިހާތަނަށް ލިބިފައިވަނީ މިދެ ޕާޓީއަށް ކަމަށް ވާތީއެވެ. އަދި އެންމެ ގިނަ މީހުން ވެސް ތިބީ މިދެ ޕާޓީގައި ކަމަށްވާތީއެވެ. ނަމަވެސް މިހާރު ސިޔާސީ މަސްރަހަށް އަންނަ އޮއެވަރާއެކު ޕީޕީއެމްއަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނުފޫޒާއި، ބާރުގަދަވަމުންދާ ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެއީ މިއަދުގެ އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒާއި، ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އަކީ ވެސް ޕީއެންސީގެ ދެ ބޭފުޅުން ކަމަށްވާތީއެވެ. އަދި ޕީޕީއެމްގެ އިސްބޭފުޅުންނާއި ބައެއް އާއްމު މެންބަރުން ޕީއެންސީއަށް ސޮއިކުރަމުންދާތީއެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ގިނަ އަދަދެއްގެ މެންބަރުން ޕީއެންސީއަށް ސޮއިކުރާނެ ކަމަށް ބެލެވެއެވެ.

މިހާރު އިންތިގާލީ މަރުހަލާގައި ކަންކަން ކުރިއަށް ގެންދާއިރު، މިހާރު ވެސް ގަދަބަސް ވިދާޅުވަމުން ގެންދަވަނީ ޕީއެންސީގެ ސިޔާސީ ލީޑަރުންނެވެ. ޕީޕީއެމްގެ އިސްބޭފުޅުންގެ ނުރުހުމުގައި އެހެން ސިޔާސީ ޕާޓީތަކާއި މަޝްވަރާ ކުރަމުންދާ ވާހަކަތަކާއި، ޕީޕީއެމްއާއި ދެކޮޅު ބޭފުޅުންނަށް އިންތިޚާބީ ރައީސް ޑރ.މުއިއްޒުގެ ވެރިކަމުގައި ސިޔާސީ މަގާމުތައް ދޭ ވާހަކަތައް ވަނީ ފެންމަތިވެފައެވެ.

އެގޮތުން 09 އޮކްޓޫބަރު 2023 ވީ ހޯމަ ދުވަހު އިންތިގާލީ އޮފީހުން ވަނީ ޑިމޮކްރެޓްސް ޕާޓީގެ އިސްބޭފުޅުންނާއި މަޝްވަރާ ކުރައްވާފައެވެ. އެބައްދަލުކުރެއްވުމާއި ގުޅޭގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕަރސަން އަބްދުރަހީމް އަބްދުﷲ ވިދާޅުވެފައިވަނީ ސަރުކާރު ހިންގާނެ ގޮތާއި ގުޅޭގޮތުން ޑިމޮކްރެޓްސްއާއެކު މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ ސަރުކާރު ހިންގުމުގައި ޑިމޮކްރެޓްސްގެ މާޒީއަށާއި އަދި ދިމާވި މައްސަލަތަކާއި ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށާއި، ޑިމޮކްރެޓްސްގެ ބައިވެރިވުމާއެކު މައްސަލަތައް ރަނގަޅު ކުރުމަށް ބޭނުންވާކަން ހިއްސާކުރި ކަމަށެވެ.

މީގެ އިތުރުން ޑިމޮކްރެޓްސް ވަގުތީ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެފައިވަނީ ސަރުކާރުން ބޭނުންވާ މަސައްކަތްތައް ކުރުމާއި، ސަރުކާރު ހިންގުމުގައި ސަރުކާރަށް އެއްބާރުލުން ދޭނެ ރައްޔިތުންގެ މަޖިލީހެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ޑިމޮކްރެޓްސްގެ ބައިވެރިވުމާއެކު ސަރުކާރުގައި މަސައްކަތްތައް ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވާ ކަމަށެވެ. އަދި ރިޔާސީ އިންތިޚާބު 2023 ޑރ.މުއިއްޒަށް ކާމިޔާބު ކޮށްދިނުމަށް ޕީޕީއެމް ފިޔަވައި އެހެން އެއްވެސް ސިޔާސީ ޕާޓީއަކުން މަސައްކަތް ނުކުރި ނަމަވެސް އައު ސަރުކާރު ހިންގުމުގެ ބައިވެރިއަކަށްވުމަށް މަސައްކަތް ކުރުމަކީ ލަދުގަންނަންޖެހޭނެ ކަމަށް ވެސް ޕީޕީއެމްގެ އާއްމު މެންބަރުން ދަނީ ބުނަމުންނެވެ.

މި ކަންކަމާއި ގުޅިގެން ޕީޕީއެމްގެ އިސްބޭފުޅުން ހިމެނޭހެން އާއްމު މެންބަރުން ވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ. މިއީ މަގާމުގެ ދަހިވެތިކަމުގައި ހެޔޮއެދޭ ބައެއް ކަމަށް ތުހުމަތުކޮށްފައިވެއެވެ. އެއީ ސަބަބުތަކެއް ވެސް ނެތިއެއް ނޫނެއެވެ. މީގެ ފަސް އަހަރު ކުރިން އެބޭފުޅުން ގޮވާލަމުން ދިޔައީ ޕީޕީއެމްގެ ރައީސް، ކުރީގެ ރައީސް އަބްދުﷲ ޔާމީންއަކީ ހިޔާނެތްތެރިއެއް ކަމަށާއި، ޖަލަށް ލާންޖެހޭ ކަމަށެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ބޮޑު ލިސްޓެއް އޮތް ނަމަވެސް އެވާހަކަތަކެއް އެބޭފުޅުން ފެންމައްޗެއް ނުކުރެއެވެ. ގައުމުގައި އިންސާފު ގާއިމްކުރުމަށް އެއީ ކޮންމެހެން ކުރަން މަޖުބޫރުކަމެއްގެ ގޮތުގައި އެބޭފުޅުން ސިފަކުރެއްވިއެވެ. ނަމަވެސް އެމްޑީޕީގެ ތެރެއިން ވަކި މީހެއް ބޭނުންވާ ގޮތަށް ކަމެއް ނުވުމުން ބޮޑާ ހާކާ، ޕާޓީން ވަކިވެ އެހެން ޕާޓީއެއް އުފައްދައި، މިއަދު އެމްޑީޕީއާއި އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ފާޑު ކިޔަމުން ދިޔަނަމަވެސް އެކަން ބަލައިގަންނަނީ މަދު ރައްޔިތުންތަކެއް ކަމާއިމެދު ޝައްކަތްނެވެ. އެކަން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއިން ފެނިގެންދިޔައެވެ. ލިބިފައިވަނީ އެންމެ ހަތް އިންސައްތައެވެ.

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބާއި ގުޅޭގޮތުން ވެސް ޕީޕީއެމްގެ އާއްމު މެންބަރުން ބުނަމުންދަނީ އެހެންޕާޓީތަކާއި ނުލައި ވެސް މަޖިލީހުގެ މެޖޯރިޓީ ނެނގޭނެ ކަމަށެވެ. ނަމަވެސް ޕީޕީއެމްއާއި ދެކޮޅަށް މަސައްކަތްކޮށްފައިވާ ޕާޓީތަކާއެކު މަސައްކަތް ކުރަން ނުކުމެއްޖެނަމަ ނަތީޖާ ހިތިވާނެ ކަމަށެވެ. އަދި ދާއިރާގެ ގޮނޑި ގެއްލުވާލާނެ ކަމުގެ އިންޒާރު ވެސް ބައެއް މެންބަރުން މިހާރު ދީފައިވެއެވެ.

ޕީއެންސީއަކީ ޔާމީންއަށް ޕީޕީއެމް ގެއްލިދާނެ ކަމުގެ ބިރަށްޓަކައި އުފެއްދި ޕާޓީއެއް ނަމަވެސް މިއަދު ޕީއެންސީއަށް އެމަނިކުފާނުގެ ބާރެއް ނެތްކަން މިދަނީ ހާމަވަމުންނޫންތޯއެވެ. ޔާމީންނަށް އިހުތިރާމް ނުކުރާ، އެމަނިކުފާނުގެ މައްޗަށް އެތަކެއް ތުހުމަތުތަކެއްކޮށް ޕީޕީއެމްއާއި ދެކޮޅަށް މަސައްކަތްކުރި ޕާޓީތަކުގެ އިސްބޭފުޅުންނާއެކު މަޝްވަރާކުރުމުން އެކަން ބަލައިގަންނާނެ ގޮތަކާއިމެދު ޕީޕީއެމްގެ މެންބަރުން ތިބީ ސުވާލު އުފެދިފައެވެ. ނުރުހުމާއެކު އެތަކެއް އުދާސްތަކެއް ބޭރުކުރުމުން ދިޔަ ނަމަވެސް ޕީއެންސީން މާޒީގެމަތިން ހަނދާން ނެތް ކަހަލައެވެ. ޕީޕީއެމްގެ ބަސް ވިކޭނަމަ މިއަދު އެކަންކަން ނުހިނގާނެ ކަމަށް ގަބޫލުކުރާ މީހުން ވެސް ގިނައެވެ. އަދި ކުރިއަށް އޮތްތަނުގައި ވާނެގޮތްތަކާއި މެދު ވެސް ދަނީ ސުވާލު އުފައްދަމުންނެވެ. އެހެންކަމުން ދުވަހަކަށްވުރެ ދުވަހެއް މިދަނީ ޕީޕީއެމްގެ ބާރާއި، ނުފޫޒު ދަށްވަމުންތޯ މިއީ އުފެދޭ ސުވާލެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މިސަރުކާރުގައި ޑިމޮކްރަސީ އާއި ރައްޔިތުންގެ ފައިދާއަށް މަސައްކަތް ކުރާ ތަނެއް ނުފެނޭ: ޝަރީފް
ބުނަނީ ސިޔާސަތު ބަދަލުނުވާ ކަމަށް، އެކަމަކު ހާމަކުރެވޭކަށް ނެތް!
ސުޕަރ މެޖޯރިޓީ ހޯދީ ވޯޓުގަނެގެންނާއި ދައުލަތުގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ދެން ސަރުކާރު ޒިންމާދާރުކުރާނީ ކިހިނެއް؟
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
އެމްޑީޕީގެ ކެމްޕޭން ބެނާތަކާއި ގުޅޭގޮތުން ވެރިކަން ކުރާ ޕާޓީން ނުރުހުން ފާޅުކުރުމުން، އެންޓި ކެމްޕޭން ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އީސީން ބުނެފި
ޕީއެންސީގެ ކެމްޕޭން: ވަޒީފާގެ ބިރު، ކަރަންޓު ކަނޑާލާނެކަމުގެ ބިރު، ބާރުގެ ބޭނުންކުރާނެ ކަމުގެ ބިރު
ކެމްޕެއިނުގައި މިފަހަރު ގޮވާލީ ސަރުކާރު ޕާޓީ މީހުންނަށް އެކަނި ކަރަންޓުދޭން، ޕާޓީން މިފަހަރުވެސް ބުނީ އެއީ ފަރުދީ ވިސްނުމެއް ކަމަށް