ކ. މާލެ
|
16 އޮކްޓޯބަރ 2023 | ހޯމަ 15:07
ޕާކިސްތާނުގެ ކެޕްޓަން (ވ) އާއި ވިރާތް ކޯލީ ޖާޒީ ބަދަލު ކުރަނީ
ޕާކިސްތާނުގެ ކެޕްޓަން (ވ) އާއި ވިރާތް ކޯލީ ޖާޒީ ބަދަލު ކުރަނީ
ގޫގުލް
ކްރިކެޓް ވޯލްޑްކަޕް
ވިރާތު ކޯލީ އަތުން އޮޓޯގްރާފް ހޯދައި ޖާޒީ ބަދަލު ކުރުމުން ޕާކިސްތާން ކެޕްޓަން ހޫނު ފެނަށް!
މެޗުން ޕާކިސްތާން ބަލިވީ މިހާތަނަށް އެންމެ ދަށް ސްކޯއާ އެކުގައި

އިންޑިޔާގެ ކްރިކެޓް ތަރި ވިރާތު ކޯލީ އަތުން އޮޓޯގްރާފް ހޯދައި ޖާޒީ ބަދަލުކުރުމުން ޕާކިސްތާނުގެ ކެޕްޓަން ބަބަރް އަޒަމް ހޫނު ފެނަށް ހިނގައްޖެ އެވެ.

ޕާކިސްތާނުގެ ސަޕޯޓަރުންނާއި ކުޅުންތެރިން އެމީހުންގެ ކެޕްޓަނާމެދު ނުރުހުން ފާޅުކުރަން ފެށީ ކްރިކެޓް ވޯލްޑްކަޕުގައި އިންޑިޔާ އަތުން ލަދުވެތިގޮތަކަށް ޕާކިސްތާން ބަލިވި މެޗަށް ފަހު އަޒަމްގެ އަމަލުކުރި ގޮތުންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ މެޗަށް ފަހު އިންޑިޔާ ކުޅުންތެރިން ކާމިޔާބީގެ އުފާފާޅުކުރުގައި އަވަދިނެތި އުޅޭތަނެވެ. އަދި އެވަގުތު އަޒަމް، ކޯލީގެ ކިބައިން ޖާޒީގައި ސޮއިކޮށްދޭން އެދޭ މަންޒަރާއި ދެ ކުޅުންތެރިން ޖާޒީ ބަދަލުކުރާ މަންޒަރުފެނެ އެވެ. ކުރީގެ ކުޅުންތެރިންނާއި ނޫސްވެރިން ބުނަނީ ޕާކިސްތާން ކެޕްޓަންގެ ހުށަހެޅުން ގަބޫލުކޮށް އެކަންކޮށްދޭން ކޯލީ ހުރީ ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށެވެ. ނަމަވެސް މިއީ ޓީމު ބަލިވެފައި އޮއްވައި ޕާކިސްތާނުގެ ކެޕްޓަން އަމަލުކުރަންޖެހޭ ގޮތެއްނޫން ކަމަށެވެ.

އިންޑިޔާ އަތުން ވޯލްޑްކަޕުގައި ދުވަހަކު ވެސް ޕާކިސްތާން މޮޅެއްނުވެ އެވެ. އަދި މިދިޔަ ހޮނިހުރު ދުވަހު ކުޅުނު މެޗުން ޕާކިސްތާން ބަލިވީ މިހާތަނަށް އެންމެ ދަށް ސްކޯއާ އެކުގަ އެވެ.

ސިޔާސީ އަރައިރުންތަކާހުރެ އިންޑިޔާ އާއި ޕާކިސްތާނަކީ ވަރަށް ވާދަވެރި ދެ ގައުމެވެ. މި ދެ ގައުމު އެއް ގައުމު އަނެއް ގައުމަށް ގޮސްގެން 2013ގެ ފަހުން ނުކުޅެ ތިއްބެވެ. އަދި މިދިޔަ މަހު ޕާކިސްތާނުގައި ބޭއްވި އޭޝިޔާ ކަޕަށް އިންޑިޔާ ނުދެ އެވެ. އެ މުބާރާތުގެ ބައެއް މެޗުތައް ލަންކާގައި ކުޅެން ނިންމީ އިންޑިޔާ ދެކޮޅު ހެދުމުންނެވެ. ޕާކިސްތާން އިންޑިޔާ އަށް ވޯލްޑްކަޕް ކުޅެން ދިޔައީ އެނޫން ގޮތެއް ނެތުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް