Advertisement
ކ. މާލެ
|
15 އޮކްޓޯބަރ 2023 | އާދީއްތަ 17:47
ކޭކް ޑޯނާރޒް ގެ އިސްވެރިން
ކޭކް ޑޯނާރޒް ގެ އިސްވެރިން
ރާއްޖެއެމްވީ
ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުން
ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ކޭކް ޑޯނާރޒް އިން ފުލް ޑޭ އިވެންޓްއެއް ބާއްވަނީ
މާލެ އަދި ހުޅުމާލޭގެ 8 ސަރަހައްދެއްގައި ހެނދުނު 7ން އިރުއޮއްސި 6ށް ކުރިއަށްދާނެ
މާލޭގެ އެމްޕީއެލް ސަރަހައްދު، ހުޅުމާލޭގެ ކުރީގެ ފެރީ ޓާރމިނަލް ޖެޓީ ސަރަހައްދު، ރަސްފަންނު، ރާޅުގަނޑު ސަރަހައްދު، ފޭސް 2 ގެ ހިޔާ ފްލެޓް ޕާކިން އޭރިޔާ، ހުޅުމާލެ ފޭސް 1 އަދި ސެންޓަރަލް ޕާކް ސަރަހައްދުގަ
މި އިވެންޓްގައި ވިއްކާނީ އެކި ކަހަލަ ކާބޯތަކެތި

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ކޭކް ޑޯނާރޒް އިން ފުލް ޑޭ އިވެންޓެއް ބާއްވަން ނިންމައިފިއެވެ.

އާދިއްތަ ދުވަހު ރާއްޖެޓީވީގެ 'ފަސްކާފު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކޭކް ޑޯނާރޒް ގެ އިވެންޓް މެނޭޖަރ ހަލީމަތު ޝިޒްނާ ވިދާޅުވީ، 17 އޮކްޓޯބަރު ވާ އަންގާރަ ދުވަހު އެ ޖަމިއްޔާގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ފުލް ޑޭ އިވެންޓެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.

Advertisement

މި އިވެންޓް މާލެ އަދި ހުޅުމާލޭގެ 8 ސަރަހައްދެއްގައި ހެނދުނު 7ން އިރުއޮއްސި 6ށް ކުރިއަށްދާނެކަމަށް ޝިޒްނާ ފާހަގަކުރެއްވިއެވެ. އެގޮތުން، މާލޭގެ އެމްޕީއެލް ސަރަހައްދު، ހުޅުމާލޭގެ ކުރީގެ ފެރީ ޓާރމިނަލް ޖެޓީ ސަރަހައްދު، ރަސްފަންނު، ރާޅުގަނޑު ސަރަހައްދު، ފޭސް 2 ގެ ހިޔާ ފްލެޓް ޕާކިން އޭރިޔާ، ހުޅުމާލެ ފޭސް 1 އަދި ސެންޓަރަލް ޕާކް ސަރަހައްދުގައި މި އިވެންޓް ކުރިއަށްދާނެކަމަށް ޝިޒްނާ ވިދާޅުވިއެވެ.

17 ވަނަ ދުވަހު ފުލް ޑޭ އިވެންޓް އެއް ގޮތުގައި ކުރިއަށްދާން. މި އިވެންޓްގައި ބޮޑަށް ފޯކަސްކުރަނީ މާލެ. ހުޅުމާލެ މި ދެ ސަރަހައްދުގެ 8 ލޮކޭޝަންއެއްގައި މި އިވެންޓް ކުރިއަށްދާނެ. ހެނދުނު 7ން އިރުއޮއްސި 6ށް މި 8 ލޮކޭޝަންގައި މި އިވެންޓް ކުރިއަށްދާނެ. ދެން މިތަނުން ބައެއް ލޮކޭޝަންސްގައި ހަވީރު ގަޑިއަށް ބޮޑަށް އެކްޓިވޭޓްވާނެ. އެހެންނަމަވެސް މެއިން 2 ލޮކޭޝަންއެއްގައި މާލޭގެ އެމްޕީއެލް ސަރަހައްދުން ފެށިގެން. ހުޅުމާލޭގައި ކުރީގެ ފެރީ ޓާރމިނަލް ޖެޓީ އޭރިޔާގައި. މި ދެ ސަރަހައްދުގައި ހެނދުނު 7ން ފެށިގެން އިވެންޓް ކުރިއަށްދާނެ. ދެން އޮތް އިތުރު 6 ސަރަހައްދަކީ، ރަސްފަންނު، ރާޅުގަނޑު ސަރަހައްދު، ފޭސް 2 ގައި ހިޔާ ފްލެޓް ޕާކް އޭރިޔާ، ހުޅުމާލެ ފޭސް 1، ހަވީރު ސެންޓަރަލް ޕާކް އޭރިޔާ. މި ހުރިހާ ސަރަހައްދުތަކެއްގައި ކުރިއަށްދާނެ.
ކޭކް ޑޯނާރޒް ގެ އިވެންޓް މެނޭޖަރ ހަލީމަތު ޝިޒްނާ

މިއީ ފަންޑް ރައިޒިންގް އިވެންޓެއް ކަން ފާހަގަކުރައްވާ ޝިޒްނާ ވިދާޅުވީ، ކޭކް ޑޯނާރޒްގެ ކުރީގެ އިވެންޓްތަކާއި އެއްގޮތަށް މި އިވެންޓްގައިވެސް ވިއްކާނީ އެކި ކަހަލަ ކާބޯތަކެތިކަމަށެވެ. އެގޮތުން، ކޭކް އަދި އެކި ކަހަލަ މީލް ޕްކެސް ލިބެން ހުންނާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި އިވެންޓްގެ މައިގަނޑު ކަމެއްގެ ގޮތުގައި ވިއްކާނީ ކާބޯތަކެތި. މިއީ ކޭކް ޑޯނާރޒްގެ މެމްބަރުން އަދި ހަމަ އެކިއެކި ދީލަތި އެހީތަކުގެ ގޮތުގައި އަޅުގަނޑުމެން ވޮލެންޓަރަލީ ކާބޯތަކެތި ޑޮނޭޓްކުރައްވާ ފަރާތްތަކާއި އެކީގައި ވަރަށް ބޮޑު ވެރައިޓީއެއްގެ ކާއެއްޗެހި އެ ދުވަހު އަޅުގަނޑުމެން ވިއްކަމުން ގެންދާނީ. ހަމަ ކުރީގަވެސް ކޭކް ޑޯނާރޒްގެ އިވެންޓްތަކުގައި ހުންނާނީ ހަމަ މިކަހަލަ ގޮތަކަށް މިކަހަލަ އިވެންޓްސް ކުރިއަށް ގެންގޮއްސަ. މެއިން އެއްޗަކަށް އުޅޭނީ ބޭކްޑް އެއްޗެހި. ނަމާވެސް ގުޅިފަ އިންނާތީވެ. ކޭކްސް ހުންނާނެ، ކަޕްކޭކްސް ދެން އަދި ވަރަށް މަޝްހޫރުވެސްމެ ކޭކް ޑޯނާރޒްގެ ކަޕްކޭކްސްތަކަކީ ހަމަ ޕަބްލިކް ތެރޭގައި ވަރަށް މަޝްހޫރުވެސްމެ އެއްޗެއް. މީލް ޕްކްސްވެސް ހުންނާނެ. މިސާލަކަށް ބްރޭކްފާސްޓް ޕެކްސް، ބޮނޑިބަތް، މަސް ޕެކޭޖް، މަސްހުނި ރޮށި.
ކޭކް ޑޯނާރޒް ގެ އިވެންޓް މެނޭޖަރ ހަލީމަތު ޝިޒްނާ

މި އިވެންޓްގައި ވީހާވެސް ގިނަ ފަރާތްތައް ބައިވެރިވެ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކޭކް ޑޯނާރޒް އިން ވަނީ އެދިފައެވެ.

މީގެއިތުރުން، މި ހަރަކާތުގައި އާންމުން ބައިވެރިވުމުގެ ފުރުސަތު އަދިވެސް އޮތްކަން ފާހަގަކުރައްވާ ޝިޒްނާ ވިދާޅުވީ، ވޮލެންޓިއަރކޮށް ހަރަކާތްތެރިވުމާއި ޑޮނޭޓް ކުރުމުގެ ފުރުސަތުވެސް ހުޅުވާލެވިފާވާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް