ހަފްތާ ބަންދުގައި އުތުރުގެ ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީ ހުކުރު އަދި ހޮނިހިރު ދުވަހު މެދު ރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެކަމަށެވެ. އަދި ހުކުރު ދުވަހު ދެކުނަށް ވައިގަދަވާނެކަމަށާއި ހޮނިހިރު ދުވަހު މޫސުން ރަނގަޅުވާނެކަމަށެވެ.
މީގެއިތުރުން މެޓް އޮފީހުން ބުނީ މެދު ރާއްޖެތެރެއާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށެވެ. އަދި އުތުރުގެ ކަނޑުތައް މަޑުވާނެކަމަށެވެ.