ކ. މާލެ
|
12 އޮކްޓޯބަރ 2023 | ބުރާސްފަތި 05:01
މާލެއަށް ބޯކޮށް ވާރޭވެހެނީ
މާލެއަށް ބޯކޮށް ވާރޭވެހެނީ
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް ބޮޑުބަޔަކަށް ވައިޓް އެލާޓް ނެރެފި
ހއ އަތޮޅުން ފެށިގެން ވ އަތޮޅަށް ވަނީ ވައިޓް އެލާޓް ނެރެފައި

ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހއ އަތޮޅުން ފެށިގެން ވ އަތޮޅަށް ވައިޓް އެލާޓްނެރޭކަމަށެވެ. އެގޮތުން ބުދަ ދުވަހުގެ ރޭ މެންދަމު 2:30ން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 7 ޖެހުމާ ހަމައަށް އެސަރަހައްދަށް ވައިޓް ވަނީ ނެރެފައެވެ.

މެޓް އޮފީހުން ބުނީ މެދު ރާއްޖެތެރެ އާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި އަދި އުތުރުގެ ކަނޑުތައް މަޑުވާނެކަމަށެވެ. މީގެއިތުރުން ވިލާގަނޑުގައި ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.

- ކޮމެންޓް