ކ. މާލެ
|
10 އޮކްޓޯބަރ 2023 | އަންގާރަ 13:20
ޝުބްމަން ގިލް: ޕާކިސްތާން މެޗުގައި ނުކުޅެވޭނެ
ޝުބްމަން ގިލް: ޕާކިސްތާން މެޗުގައި ނުކުޅެވޭނެ
ގޫގުލް
ކްރިކެޓް ވޯލްޑްކަޕް
ޝުބްމަން ގިލް އެނދުމަތިކުރުން، އިންޑިޔާ އަށް ބޮޑު ގެއްލުމެއް
މުޅީން ފިޓްވާން އިންޑިޔާގެ ކްރިކެޓް ބޯޑުގެ މެޑިކަލް ޓީމުން ފުރުސަތުދޭނެ

އިންޑިޔާގެ އޯޕަނިންގ ބެޓްސްމަން ޝުބްމަން ގިލް ސިއްހީ މައްސަލަތަކެއް ދިމާވެ ހޮސްޕިޓަލުގައި އެނދުމަތި ކުރުމަކީ ފޫބައްދަން ދަތި ކަމެއް ކަމަށް އެ ޓީމުން ބުނެފި އެވެ.

އޭނާ އަކީ މިހާރު އިންޑިޔާގައި ކުރިއަށްދާ ކްރިކެޓް ވޯލްޑްކަޕުގައި ކެޕްޓަން ރޯހިތް ޝަރުމާއާއެކު އިންޑިޔާ އަށް ފަށައިދޭ އެންމެ މުހިންމު ބެޓްސްމަނެވެ. ނަމަވެސް އޭނާ އެނދުމަތިކުރުމުން އަންނަ ހޮނިހިރު ދުވަހު ޕާކިސްތާނާ ދެކޮޅަށް ކުޅެން ޖެހޭ މެޗުގައި ނުކުޅެވޭނެ އެވެ.

އިންޑިޔާގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި ގިލްއަށް ވޯލްޑްކަޕުގެ ފުރަތަމަ މެޗުގައި އޮސްޓްރޭލިޔާއާ ދެކޮޅަށް ނުކުޅެވުނީ ޑެންގޫ ހުން ޖެހުމަށްފަހު މުޅިން ރަނގަޅުނުވާތީ އެވެ. އަދި ސިއްހީ މައްސަލަތައް ދިމާވުމުން އަފްގާނިސްތާން މެޗު ވެސް އޭނާ އަށް ގެއްލޭނެ އެވެ.

އިންޑިޔާގެ ޓީމުން ބުނީ ވޯލްޑްކަޕަކީ ދިގު މުބާރާތަކަށްވުމުން އަވަސް އަރުވާލައިގެން ގިލް ލައްވައި ކުޅުވަން ބޭނުންނުވާ ކަމަށާއި އޭނާ އަށް މުޅީން ފިޓްވާން އިންޑިޔާގެ ކްރިކެޓް ބޯޑުގެ މެޑިކަލް ޓީމުން ފުރުސަތުދޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް