ކ. މާލެ
|
7 އޮކްޓޯބަރ 2023 | ހޮނިހިރު 12:54
ޕާކިސްތާނުގެ ކުޅުންތެރިން އުފާފާޅު ކުރަނީ
ޕާކިސްތާނުގެ ކުޅުންތެރިން އުފާފާޅު ކުރަނީ
ގޫގުލް
ކްރިކެޓް ވޯލްޑްކަޕް
މޮޅުވީ އުކުންތެރިންގެ މޮޅުކަމުން؛ ޕާކިސްތާން ކެޕްޓަން
ޕާކިސްތާން މޮޅުވީ 81 ލަނޑުން

ވޯލްޑްކަޕް ކްރިކެޓް މުބާރާތުގައި އިއްޔެ ނެދަލޭންޑްސް އަތުން ޕާކިސްތާން މޮޅުވީ އޭނާގެ ގައުމުގެ ބޯލަރުން މޮޅުކަމުން ކަމަށް ޕާކިސްތާނުގެ ކެޕްޓަން ބަބަރް އަޒަމް ބުނެފި އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އަޒަމް ބުނީ މެޗުގެ ކުރީކޮޅު އެންމެ ރަނގަޅު ބެޓްސްމަނުންގެ ތެރެއިން ތިން ކުޅުންތެރިން ނުބައިވުމުން ޓީމުގެ ބެލެންސް ގެއްލުނު ކަމަށެވެ.

"މުހައްމަދު ރިޒްވާން އާއި ސައުދު ޝަކީލް އަހަރުމެންނަށް ހަމަޖެހުމެއް ގެނެސްދިން ޕާޓްނާޝިޕަކަށްވީ. މޮޅުވުމުގެ ހުރިހާ ޝުކުރެއް އޮތީ އަހަރުމެންގެ އުކުންތެރިންނަށް،"
އަޒަމް ބުންޏެވެ.

މި މެޗުން ޕާކިސްތާން މޮޅުވީ 81 ލަނޑުންނެވެ. ޕާކިސްތާނުނެ ފުރަތަމަ ކުޅެން ނުކުމެ 50 އޯވަރުގެ ތެރޭގައި ހެދުނީ 286 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނު ޝަކީލް އާއި ރިޒްވާންގެ ޕާޓްނާޝިޕަށް ހެދުނީ 112 ލަނޑެވެ.

ޖަވާބުގައި ނެދަލޭންޑްސް ކުޅެން އަރައި 41 އޯވަރުގެ ތެރޭގައި ބަލިވިއިރު ހެދިފައިވަނީ 205 ލަނޑެވެ. މި މެޗުގައި ނެދަލޭންޑްސްގެ ޑި ލީޑޭ ވަނީ ހަތަރު ވިކްޓް ނަގައިފަ އެވެ. ނެދަލޭންޑްސްގައި މި ރެކޯޑް ކުރިން އޮންނަނީ އޭނާގެ ބައްޕަގެ އަތުގަ އެވެ.

ނެދަލޭންޑްސްގެ ކެޕްޓަން ސްކޮޓް އެޑްވަޑް ބުނީ މި މެޗަކީ މޮޅުވާން އުޅެފައި ގެއްލުނު މެޗެއް ކަމަށެވެ.

" އަހަރުމެން 120 ލަނޑު ހެދިއިރު ގެއްލުނީ ދެ ވިކެޓް. މެދުތެރެއިން ގިނަ ވިކެޓްތަކެއް ދިއުމަށްފަހު އަނެއްކާ މެޗުގެ ތެރެއަށް ރަނގަޅަށް ވެދެވުނީ. ޑިލީޑޭ އަކީ މޮޅު ކުޅުންތެރިއެއް. އޭނާއާއެކު ކުޅެން އެފަދަ އެކަކު އަދި ބޭނުންވޭ،"
ސްކޮޓް ބުންޏެވެ.

އިންޑިޔާގައި އިއްޔެނޫން ކުރީ ދުވަހު ފެށި މުބާރާތުގައި މިއަދު ކުޅެނީ ބަނގްލަދޭޝް އާއި އަފްގާނިސްތާނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް