Advertisement
ކ. މާލެ
|
21 ޖުލައި 2017 | ހުކުރު 14:38
ފާރިސް ކޯޓުން ނިކުމެވަޑައިގަންނަވަނީރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަޚްސް އޮޅުވާލުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެއް އާދި
ފާރިސް ކޯޓުން ނިކުމެވަޑައިގަންނަވަނީރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަޚްސް އޮޅުވާލުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެއް އާދި
މުހައްމަދު ޝަރުހާން
އަޙުމަދު ފާރިސް މައުމޫން
ފާރިސްގެ މައްޗަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާ އަޑުއެހުން އާދިއްތަ ދުވަހު
އާދިއްތަ ދުވަހުވެސް އޮންނާނީ އިބްތިދާއީ އަޑުއެހުން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަޚްސް އޮޅުވާލުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ތާވަލުކޮށްފި އެވެ.

 

ފާރިސްގެ މައްޗަށް އުފުލާފައިވާ އެ ދައުވާގެ އިބްތިތާއީ އަޑުއެހުން އޮންނާނީ އާދިއްތަ ދުވަހުގެ 11.30 ގަ އެވެ.

 

ފާރިސްގެ މައްޗަށް ޝަހްސު އޮޅުވާލުމުގެ ދައުވާ ކޮށްފައިވަނީ ޕީޕީއެމްގެ ދިދައާއި ލޯގޯ ގަވައިދާ ހިލާފަށް ބޭނުންކޮށްފައިވާ ކަމަށްބުނެ އެވެ.

 

ފާރިސްގެ މައްޗަށް ކުރި އެ ދައުވާގައި ބުނެފައިވަނީ ޕީޕީއެމްއިން ފާރިސް ވަކިކޮށްފައިވަނިކޮށް، އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ކައުންސިލުގެ ހުއްދަ ހޯއްދެވުމެއް ނެތި، 22 މާޗް ވަނަ ދުވަހު މޫކައި ސޫޓްސްގައި ބޭއްވި ޕްރެސް ކޮންފެރެންސްގައި އެ ޕާޓީގެ ނަމުގައި ފާރިސް ވާހަކަ ދައްކަވާފައިވާ ކަމަށެވެ.

 

އެންމެ ފަހުން ބޭއްވި އިބްތިތާއީ އަޑުއެހުމުގައި އެ ދައުވާއަށް ފާރިސް ވަނީ އިންކާރު ކުރައްވާފަ އެވެ. އެހެން ކަމުން ދައުވާ ސާބިތުކުރުމަށް ދައުލަތުން ހެކީގެ ގޮތުގައި ދައުލަތުން ދެ ހެއްކެއް ހުށަހަޅާ ކަމަށް ވަނީ ބުނެފަ އެވެ. އަދި އެ ހެކިންގެ ހެކި ބަސް ނަގަން ހުށަހަޅަނީ ސިއްރުކޮށްގެން ދައުލަތުގެ ވަކީލް ވަނީ ވިދާޅުވެފަ އެވެ.

 

އަދި ޕީޕީއެމްއިން ފާރިސް ވަކިކޮށް، އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ނަން އުނިކޮށްފައިވާކަން ހާމަކޮށްދޭ އިލެކްޝަންސް ކޮމިޝަނުގެ ސިޓީއަކާއި، ޕްރެސް ކޮންފަރެންސްގެ ވީޑިއޯ ގަރީނާގެ ގޮތުގައި ދައުލަތުން ވަނީ ހުށަހަޅާފަ އެވެ.

 

އިބްތިދާއީ އަޑުއެހުމުގައި ދަޢުވާއާއި ދައުވާއާ ގުޅޭ އެންމެހައި ލިޔެކިޔުމުގެ ކޮޕީ ދަޢުވާ ލިބޭ ފަރާތަށް ލިބިފައިވާކަން ކަށަވަރުކުރުމާއި، ދަޢުވާ ލިބޭ ފަރާތުގެ މައްޗަށް ކުރެވޭ ދަޢުވާއަކީ ކޮބައިކަން އޭނާއަށް ސާފުކޮށްދިނުމާއި، ދިފާޢީ ވަކީލަކު ނުވަތަ ތަރުޖަމާނަކު ހޯދާފައިނުވާނަމަ، އެކަން ކުރަން ފުރުސަތުދިނުމާއި، ދައުވާއަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދަޢުވާ ލިބޭ ފަރާތަށް ދިނުމާއި، ޝަރީޢަތް ހިންގުމަށް ބޭނުންވާ މަޢުލޫމާތާއި ލިޔުންތައް ހާމަކޮށް، ދަޢުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްތޯ ކަނޑައެޅުމާއި، ޝަރީޢަތުގެ ކުރިން ހުށަހެޅޭ ހުށަހެޅުންތައް ހުށަހެޅުމަށް ދެވޭނެ މުއްދަތު ކަނޑައެޅުމުގެ އިތުރުން، ޝަރީޢަތުގެ ކުރިން ހުށަހެޅޭ ހުށަހެޅުންތަކާގުޅޭ އަޑުއެހުންތައް ބޭއްވުމަށާއި، ޝަރީޢަތުގެ އަޑުއެހުންތައް ބާއްވާނެ ތާރީޚުތަކާއި ގަޑި ކަނޑައަޅައި ތާވަލުކުރުން ހިމެނެ އެވެ.

 

އިބްތިދާއީ އަޑުއެހުމުގައި ދައުވާއައިގެން ކުރިއަށް ދިއުމަށް ކަނޑައަޅައިފިނަމަ، ޝަރީޢަތުގައި މަޢުޟޫޢީ ގޮތުން ބެލުމަކާ ނުލައި އެއާމެދު ގޮތެއް ނިންމޭނެ ދިފާޢެއް، ނުވަތަ އިޢުތިރާޒެއް، ނުވަތަ ހުށަހެޅުމެއް، މައްސަލައިގައި ހިމެނޭ ފަރާތަކަށް ޝަރީޢަތް ފެށުމުގެ ކުރިން ކޯޓަށް ހުށަހެޅުމުގެ ހައްގު ލިބިގެންވެއެވެ. ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ އެންމެހާ ހުށަހެޅުމެއް 30 ދުވަސް ކުރިން ހުށަހަޅަންޖެހެ އެވެ. އެ މުއްދަތުގައި ޝަރީއަތުގެ އަޑުއެހުންތައް ބާއްވާނެ ގޮތެއް ފަނޑިޔާރު ނިންމަންޖެހެ އެވެ.

 

ފާރިސްގެ މައްޗަށް ޝަޚްސް އޮޅުވާލުމުގެ ދައުވާކޮށް، އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
21 ޖުލައި 2017 | ހުކުރު 15:03
wad
moya vanee