ކ. މާލެ
|
5 އޮކްޓޯބަރ 2023 | ބުރާސްފަތި 10:23
ކްރިކެޓް ވޯލްޑްކަޕުގައި ވާދަކުރާ ގައުމުތަކުގެ ކެޕްޓަނުން
ކްރިކެޓް ވޯލްޑްކަޕުގައި ވާދަކުރާ ގައުމުތަކުގެ ކެޕްޓަނުން
ގޫގުލް
ކްރިކެޓް ވޯލްޑްކަޕް
ކްރިކެޓް ވޯލްޑްކަޕް: ދަނޑަށް ވެއްދޭނީ މޮބައިލް ފޯނު އެކަނި
ފޯނު ފިޔަވައި އިތުރު އެއްވެސް އެއްޗެއް ދަނޑަށް ނުވެއްދޭނެ

ޓެރަރިޒަމްގެ އަމަލުތަކެއް ހިނގާފާނެ ކަމަށް ބަލައި އިންޑިޔާގައި މިއަދު ފަށާ ކްރިކެޓް ވޯލްޑްކަޕުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފި އެވެ.

ނަރެންދުރަ މޯދީ ސްޓޭޑިއަމުގައި މިއަދު ފަށާ ދުނިޔޭގެ އެންމެ ޝަރަފުވެރި ކްރިކެޓް މުބާރާތުގައި 10 ގައުމަކުން ވާދަކުރާނެ އެވެ. މީގެ ތެރޭގައި އިންޑިޔާ އާއި އެންމެ ވާދަވެރި ޕާކިސްތާން ވެސް ހިމެނެ އެވެ.

މިހެންވުމާއެކު މުބާރާތުގެ މެޗުތަކުގެ ސެކިއުރިޓީ ބަލަހައްޓަން 3000 ސިފައިން ނެރެން ވަނީ ނިންމާފަ އެވެ. އަދި ސަލާމަތީ ސަބަބުތަކަށްޓަކައި ސަޕޯޓަރުންނަށް މޮބައިލް ފޯނު ފިޔަވައި އިތުރު އެއްވެސް އެއްޗެއް ދަނޑަށް ނުވެއްދޭނެ އެވެ. އަދި މެޗުތައް ކުޅޭ ފަސް ސްޓޭޑިއަމް ސަރަހައްދުގެ މަގުތައް އެއްކޮށް ބަންދުކުރާނެ އެވެ.

މި ފަހަރުގެ ވޯލްޑްކަޕުގެ ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވަނީ 4 މިލިއަން ޑޮލަރެވެ. ރަނައަފް ޓީމަށް 2 މިލިއަން ޑޮލަރު އަދި ސެމީ ފައިނަލުން ބަލިވާ ކޮންމެ ޓީމަކަށް އަށް ލައްކަ ޑޮލަރު ލިބޭނެ އެވެ.

މުބާރާތް މިއަދު ފަށާނީ އިންގްލޭންޑާއި ނިއުޒީލޭންޑްގެ މެޗުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް