Advertisement
ކ. މާލެ
|
4 އޮކްޓޯބަރ 2023 | ބުދަ 21:58
ރާއްޖޭގެ ހުރިހާ ހިސާބަކަށް މިހާރުދަނީ ވިއްސާރަކުރަމުން
ރާއްޖޭގެ ހުރިހާ ހިސާބަކަށް މިހާރުދަނީ ވިއްސާރަކުރަމުން
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ރާއްޖޭގެ މޫސުން ގޯސްވެފައިވާތީ ހުރިހާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި
ކަނޑު ދަތުރުފަތުރު ކުރާއިރު، މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތު ހޯދަންޖެހޭ
ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވޭ
މަގުމަތީގައި އުޅަނދު ދުއްވާއިރު، ހިނގާ މީހުންނަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ

ރާއްޖޭގެ މޫސުން ގޯސްވެފައިވާތީ ހުރިހާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ އެއްގަމު އުޅަނދު ދުއްވާއިރު، ޚާއްސަ ކަންތައްތަކަށް ބަލަންޖެހޭ ކަމަށެވެ. އެގޮތުން ވައިގަދަ ވަގުތުތަކުގައި ކޮންޓްރޯލްކުރެވޭ މިންގަނޑެއްގައި ސައިކަލުގެ ސްޕީޑް ހިފެހެއްޓުމާއި، ވިއްސާރާގައި އުޅަނދު ދުއްވާއިރު ހެޑްލައިޓް ދިއްލުމަކީ ރައްކާތެރިކަމެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ވަޔާއެކު ހަލާކުނުވާނެ ފަދަ ވިއްސާރަ ކޯޓު ބޭނުންކުރުމާއި، ބުރުގާ އަޅާ ފަރާތްތަކުން ވަޔާއެކު ބުރުގާ މޫނުމައްޗަށް ނުދާނެހެެން ބެހެއްޓުން ވަރަށް މުހިންމު ކަމަށެވެ. އަދި މަގުމަތީގައި އުޅަނދު ދުއްވާއިރު، ހިނގާ މީހުންނަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ފުލުހުން ބުނީ ކަނޑު ދަތުރުފަތުރު ކުރާއިރު، މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތު ހޯދަންޖެހޭ ކަމަށެވެ.

Advertisement

ފުލުހުން ބުނީ އުޅަނދުގައި ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަވެފައިވޭތޯ ޔަގީންކުރުމާއި، އުޅަނދަށް އެކަށީގެންވާ ވަރަށްވުރެ އިތުރަށް މީހުން ނޭރުވުމާއި، އުޅަނދުތަކަށް ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ އިތުރަށް މުދާ ބަރުނުކުރުމަށް ވަނީ އެދިފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ށް އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެވެ. އަދި ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި ރާޅުގެ އުސްމިނުގައި 3 ނުވަތަ 6 ފޫޓު ހުންނާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް