ކ. މާލެ
|
4 އޮކްޓޯބަރ 2023 | ބުދަ 21:37
މެޗަށްފަހު ކްލޮޕް ޕޯލް ޓިއާނީއާ ވާހަކަ ދައްކަނީ
މެޗަށްފަހު ކްލޮޕް ޕޯލް ޓިއާނީއާ ވާހަކަ ދައްކަނީ
ރޮއިޓާރސް
އިނގިރޭސި ޕްރިމިއަރ ލީގު
ކްލޮޕް ބޭނުންވަނީ ޓޮޓެންހަމް މެޗު އަލުން ކުޅެން
 
އެމެޗުން ލިވަޕޫލް ބަލިވީ ވިއޭއާރުގެ ގޯސް ނިންމުމަކާއެކު

ވީއޭއާރުން ނިންމި ގޯސް ނިންމުމަކާ އެކު ޓޮޓެންހަމް އަތުން ބަލިވި މެޗުން އަލުން ކުޅެން ބޭނުންވާކަން ލިވަޕޫލް ކޯޗު ކްލޮޕް ހާމަކޮށްފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ޓޮޓެންހަމް އަތުން މެޗުގެ އިތުރު ވަގުތުގައި ލިވަޕޫލް ބަލިވީ ބައިކޮޅަށް ވަން ގޯލަކުންނެވެ. އެކަމަކު މެޗު ތެރެއިން ލިވަޕޫލްގެ ލުއިސް ޑިއާޒް ޖެހި ރަނގަޅު ލަނޑެއް, ވީއޭއާރުން ބެލުމަށްފަހު ލަނޑެއް ނޫން ކަމަށް ނިންމިއެވެ. ނަމަވެސް އެއީ ގޯސް ނިންމުމެއްކަމަށް ރެފްރީންގެ ކަންކަން ބަލަހައްޓާ އިދާރާއިން ވަނީ އެއްބަސްވެ, ލިވަޕޫލްގެ ކިބައިން މައާފަށް އެދިފައެވެ. އަދި އެނިންމުން ނިންމި އޮފިޝަލުން މިހަފްތާގެ މެޗުތަކަށްވެސް ނުނަގައެވެ. ލަނޑު ބަލައި ނުގަނެ ނިންމީ އޮފްސައިޑް ކަމަށެވެ.

ކްލޮޕް ބުނީ މިކަހަލަ ކަމެއް ކުރިން ހިނގާފައި ނެތްކަމަށާއި, މިކަމުގައި އެންމެ އިންސާފްވެރި ގޮތަކީ އެމެޗު އަލުން ކުޅުން ކަމަށެވެ. އެކަމަކު ލިވަޕޫލުން އެކަމަށް ރަސްމީކޮށް އެދުނުކަން ޔަޤީނެއް ނޫނެވެ. އަދި މެޗު އަލުން ކުޅުމުގެ ވިސްނުމެއްވެސް ޕްރިމިއަރ ލީގުން ނުގެންގުޅެއެވެ. ލިވަޕޫލް އަތުން ޓޮޓެންހަމް މޮޅުވީ 2-1 ނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
100%
ކޮމެންޓް