Advertisement
ކ. މާލެ
|
3 އޮކްޓޯބަރ 2023 | އަންގާރަ 23:40
އެމްޑީޕީގެ ގައުމީ މަޖިލީސް
އެމްޑީޕީގެ ގައުމީ މަޖިލީސް
ސަން އޮންލައިން
އެމްޑީޕީ ގައުމީ މަޖިލިސް
އެމްޑީޕީ ގައުމީ މަޖިލިސް އިގުރާރުވީ ބަރުލަމާނީ ނިޒާމަށް ތާއީދުނުކުރަން
ބަރުލަމާނީ ނިޒާމާ އެއްކޮޅަށް ވާހަކަދެއްކެވީ ހަމައެކަނި ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު
އެމްޑީޕީގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށްވެސް ގައުމީ މަޖިލީހުގެ މެމްބަރުން ވަނީ ވަރަށް ބޮޑަށް ޝުއޫރުފާޅުކުރައްވާފައި
ގަރާރު ފާސްކުރުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 90 މެމްބަރުންގެ އިއްތިފާގުން ގަރާރު ވަނީ ފާސްކޮށްފައި

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ނުފެންނަ ވޯޓެއް ނަގާނަމަ އެމްޑީޕީން ތާއީދުކުރާނީ ބަރުލަމާނީ ނިޒާމާ ދެކޮޅަށްކަމަށް އެޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުން ގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ނަގާ ވޯޓާއި ގުޅިގެން އެމްޑީޕީން އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް އަންގާރަ ދުވަހުގެ ރޭ ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވާފައެވެ. މިޖަލްސާގައި ވާހަކަދެއްކެވި ހުރިހާ މެމްބަރުންގެވެސް ރޫހު ހުރީ ބަރުލަމާނީ ނިޒާމާ ދެކޮޅަށެވެ. ބަރުލަމާނީ ނިޒާމާ އެއްކޮޅަށް ވާހަކަދެއްކެވީ ހަމައެކަނި ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރެވެ.

ދެން ވާހަކަދެއްކެވި ހުރިހާ މެމްބަރުންވެސް ވަނީ ބަރުލަމާނީ ނިޒާމާ ދެކޮޅަށް ވާހަކަދައްކަވާފައެވެ. އަދި އެމްޑީޕީގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށްވެސް ގައުމީ މަޖިލީހުގެ މެމްބަރުން ވަނީ ވަރަށް ބޮޑަށް ޝުއޫރުފާޅުކުރައްވާފައެވެ. ގައުމީ މަޖިލީހުގައި މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަން އެދިވަޑައިގެންނެވި ހުރިހާ މެމްބަރުން ވާހަކަދެއްކުމަށްފަހު ރިޔާސަތުން ވަނީ މެމްބަރުންގެ ޝުއޫރާ އެއްގޮތަށް ގަރާރެއް ހުށަހަޅުއްވާފައެވެ.

Advertisement

އެގަރާރުގައި ވަނީ "އެމްޑީޕީގެ ގައުމީ މަޖިލިސް އިގުރާރުވަނީ ރާއްޖޭގައި ވެރިކަން ކުރާ ނިޒާމެއް ބެލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއްނަގާނަމަ އެވޯޓެއްގައި މިޕާޓީން ބަރުލަމާނީ ނިޒާމަށް ތާއީދުނުކުރަން." މިހެންނެވެ.

މިގަރާރު ފާސްކުރުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 90 މެމްބަރުންގެ އިއްތިފާގުން މިގަރާރު ވަނީ ފާސްކޮށްފައެވެ.

2007 ވަނަ އަހަރު އެންމެ ފުރަތަމަ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް އެމްޑީޕީން ވަކާލާތު ކުރީ ބަރުލަމާނީ ނިޒާމަކަށެވެ. ނަމަވެސް މިފަހުން އެމްޑީޕީގެ ތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކާއެކު އެމްޑީޕީން އަންނަނީ "ބަރުލަމާނީ ނޫންގޮތެއް" ހޯދުމުގެ ޝުއޫރުތައް ފާޅުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް