Advertisement
ކ. މާލެ
|
3 އޮކްޓޯބަރ 2023 | އަންގާރަ 22:16
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު
އެމްޑީޕީ
އެމްޑީޕީގެ ގައުމީ މަޖިލިސް
އަމާޒަކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީހޯދުމާއި 2028 ގައި އެމްޑީޕީ ވެރިކަމަށް ގެނައުން: ރައީސް ޞާލިހު
ރައީސް ވިދާޅުވީ އެމްޑީޕީން ބައެއް ފަހަރު އިދިކޮޅުގައި އޮވެ މާ ރަނގަޅު މަސައްކަތްތަކެއްކުރާކަމަށް
ރައީސް ވިދާޅުވީ އެމްޑީޕީ ވަރުގަދަ އޮޕަޒިޝަނެއްގެ ގޮތުގައި އޮތުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ދެއްވާނެކަމަށް
ރައީސް ޞާލިހު ވިދާޅުވީ އެމްޑީޕީގެ އަމާޒަކަށްވާނީ އަނެއްކާވެސް ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރުންކަމަށް

ކުރިޔަށްއޮތް ތަނުގައި އަމާޒަކީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ހޯދައިދިނުމާއި 2028 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް ގެނައުމަށްކަމަށް އެމްޑީޕީގެ އެންމެ އިސްލީޑަރ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިޔަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ އެމްޑީޕީގެ އަމާޒަކަށްވާނީ އަނެއްކާވެސް ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރުންކަމަށެވެ. އެކަމަކީ އެމްޑީޕީއަށް އައު ކަމެއްނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެމްޑީޕީން ބައެއް ފަހަރު އިދިކޮޅުގައި އޮވެ މާ ރަނގަޅު މަސައްކަތްތަކެއްކުރާކަމަށެވެ. އެކަން މިފަހަރުވެސް ފެނިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

ރައީސް ޞާލިހު ވިދާޅުވީ އެހެން ޕާޓީތަކާއި ޚިލާފަށް އެމްޑީޕީ އަކީ އިންތިޚާބުތަކުން ނާކާމިޔާބުވުމުން މަޑުން ތިބޭ ބައެއް ނޫންކަމަށެވެ. 2018 ވަނަ އަހަރު އިންތިޚާބުން ނާކާމިޔާބީ އާ ކުރިމަތިވި ފަރާތުން އަމަލުކުރިގޮތަށް ރައީސް އަލިއަޅުވާލެއްވިއެވެ.

ކުރީ 2018 ވަނަ އަހަރު ފެނިގެންދިޔަ މަންޒަރު އަޅުގަނޑުމެން ހަނދާން ހުންނާނެ. އެއިންތިހާބު ނިމުމަށްފަހު ޒިންމާދާރު ކުރުވަން އޮޕަޒިޝަނެއްގައި ގޮތުގައި އޮތް ޕާޓީ މަސައްކަތް ފަށައިގަތީ ގާތްގަނޑަކަށް އަހަރެއްހާ ދުވަސްފަހުން. އެއާ ޚިލާފަށް އެމްޑީޕީ އަނެއްކާވެސް ނިކުމެ މިއޮތީ އިންތިޚާބަށްފަހު ޖެހިގެން އައި ދުވަހު މަސައްކަތް ފަށަން. 2012 ގައި ވެރިކަން ވެއްޓުމާއެކު އަޅުގަނޑުމެން ނިކުތިން. ކުރިޔަށްވުރެ ބާރަށް ނިކުމެކުރި މަސައްކަތުން 2018 ވަނަ އަހަރު އަޅުގަނޑުމެންނަށް ވެރިކަމަށް އާދެވުނީ. އަޅުގަނޑު ހިތުން މިފަހަރުވެސް އަޅުގަނޑުމެންގެ ރޫހު ހުރީ އެގޮތަށް.
އެމްޑީޕީގެ އެންމެ އިސްލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް ވިދާޅުވީ އެމްޑީޕީ ވަރުގަދަ އޮޕަޒިޝަނެއްގެ ގޮތުގައި އޮތުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ދެއްވާނެކަމަށެވެ. ރައީސް ވިދާޅުވީ ޑިމޮކްރަސީގައި ވެރިކަމުގައި ތިބެ މަސައްކަތްކުރުމާއި އިދިކޮޅުގައި ތިބެ މަސައްކަތްކުރުން އެއީ ވެރިކަމުގެ ތެރޭގައި އޮންނަކަމެއްކަމަށެވެ.

Advertisement

Advertisement
- ކޮމެންޓް