Advertisement
ކ. މާލެ
|
3 އޮކްޓޯބަރ 2023 | އަންގާރަ 17:10
މަރަދޫ ދާއިރާގެ މެންބަރު، އިބްރާހީމް ޝަރީފަށް ދިން ހަމަލާގައި މޫނުފުޅު ޒަޚަމްވެފައި
މަރަދޫ ދާއިރާގެ މެންބަރު، އިބްރާހީމް ޝަރީފަށް ދިން ހަމަލާގައި މޫނުފުޅު ޒަޚަމްވެފައި
ރާއްޖެއެމްވީ
ޝަރީފަށް ހަމަލާދިން މައްސަލަ
ޝަރީފަށް ހަމަލާދިން މައްސަލާގައި 4 މީހަކު ހައްޔަރުކޮށްފި
ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ތިން ފިރިހެނުން
27 އަހަރުގެ މީހާއާއި 24 އަހަރުގެ ދެ މީހުން 60 ދުވަހު، އަދި 24 އަހަރުގެ މީހަކު 30 ދުވަހު ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިވޭ

މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފަށް ހަމަލާދިން މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 4 މީހަކު ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ މުޅިންވެސް ދިވެހިންކަމަށެވެ. އެއީ 27 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ތިން ފިރިހެނުންކަމަށެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 27 އަހަރުގެ މީހާއާއި 24 އަހަރުގެ ދެ މީހުން 60 ދުވަހު، އަދި 24 އަހަރުގެ އެކަކު 30 ދުވަހު ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

Advertisement

ޝަރީފަށް ހަމަލާދީފައިވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިޔަށްދަނިކޮށް، މިދިޔަ ހޮނިހިރު ދުވަހުއެވެ. މެންހަޓަން ހޮޓެލްގައި މަރަދޫ ދާއިރާގެ ބޭފުޅުންތަކެއް މަސައްކަތްކުރައްވަން ތިއްބަވަނިކޮށް ގޭންގު ގްރޫޕެއް ވަދެ މެންބަރު ޝަރީފަށް ހަމަލާދީފައިވާކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. މަރަދޫ ދާއިރާގެ މެންބަރަށް ހަމަލާ ދިނުމުގެ ސަބަބުން ވާތްފަރާތު ލޯފުޅުމަތި ދުޅަވެފައިވާއިރު މޫނުފުޅު މަތިން ޒަޚަމްތައް ފެންނަން ހުއްޓެވެ. މީގެއިތުރުން ހަމަ އެދުވަހު ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނިހާދަށްވެސް ހަމަލާދީފައިވެއެވެ. ނިހާދު ގައިކޮޅުގައި ޖަހާފައިވާ މައްސަލަ ހޮނިހިރު ދުވަހުގެ 11:45 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނިހާދަށް އަނިޔާވުމާ ގުޅިގެން ހޮސްޕިޓަލުން ފަރުވާވެސް ހޯއްދަވާފައިވެއެވެ.

Advertisement

Advertisement
- ކޮމެންޓް