ކ. މާލެ
|
21 ޖުލައި 2017 | ހުކުރު 08:30
ވައިޓް އެލާޓް ނެރެފި
ވައިޓް އެލާޓް ނެރެފި
ޓްވިޓަރ
ވައިޓް އެލާޓް
ދެކުނުގެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފި
ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް މަޑުވާނެ
ވައިޓް އެލާރޓް ނެރެފައިވަނީ މިއަދުގެ 1:30 ހާއިރު

ދެކުނު ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ވިއްސާރަކުރަމުންދާތީ ވައިޓް އެލާޓް ނެރެފިއެވެ.

 

މޫސުމާބެހޭ ގައުމީ އިދާރާއިން ރާއްޖެއެމްވީއަށް މައުލޫމާތު ދިން ގޮތުގައި ހުކުރު ދުވަހު ހެނދުނު އައްޑޫ ސިޓީއަށް އެއްގަޑިއިރުގެ ތެރޭގައި 73 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށާއި މޫސުމް ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރުވެސް އަދިވެސް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

 

ދެކުނުގެ ސަރަހައްދުތަކަށް ވައިޓް އެލާރޓް ނެރެފައިވަނީ ހުކުރު ދުވަހު 1:30އާ ހަމައަށް ކަމަށާއި އެހެން ނަމަވެސް މޫސުމް ގޯސްވާނެ ކަމަށް ލަފާކުރެވޭ ނަމަ ޔެލޯ އެލާރޓް ނެރޭނެ ކަމަށް މީޓިން ވަނީ ބުނެފައެވެ.

 

ޔެލޯ އެލާޓަކީ ފެން ބޮޑުވެދާނެ ކަމަށް ދެވޭ އިންޒާރެއް ކަމަށާއި ހުރިހާ ފަރާތްތަކުންވެސް މިކަމަށް ސަމާލުކަން ދެއްވުމަށް މެޓުން ބުންޏެވެ.

 

މެޓުން ބުނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

 

ރާއްޖޭގެ އެކި ހިސާބުތަކަށްވެސް ކޮންމެވެސް ވަރަކަށް މޫސުމް ގޯސްވާނެ ކަމަށާއި އެގޮތުން މާލެ ސަރަހައްދަށް މެންދުރު ފަހު ވިއްސާރަ ކުރާނެ ކަމަށް މެޓުން ބުންޏެވެ. ވައި  ޖެހޭނެ ކަމަށް ލަފާކުރެވެނީ 7 މޭލާއި 14 މޭލާއި ދެމެދުގައި ކަމަށާއި ވިލާ ގަނޑުގައި 35 މޭލަށް ވައިޖެހޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

 

ރާއްޖޭގެ ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް މަޑުވާނެ އަދި އެހެން ހިސާބުތަކުގައި އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ.

- ކޮމެންޓް