ކ. މާލެ
|
2 އޮކްޓޯބަރ 2023 | ހޯމަ 05:44
އެޑްރިއަން ރަބިއޮޓް
އެޑްރިއަން ރަބިއޮޓް
ރޮއިޓަސް
ޔުވެންޓަސް
ރަބިއޮޓްގެ ކޮންޓްރެކްޓް ޔުވެންޓަސްއިން އައުކުރަނީ
އޭނާ އާއ ކޯޗުގެ ގުޅުން ވަރަށް ރަނގަޅު

އެޑްރިއަން ރަބިއޮޓްގެ ކޮންޓްރެކްޓް އައުކުރަން ޔުވެންޓަސްއިން ނިންމައިފި އެވެ.

އެކުލަބުން މި ގޮތަށް ނިންމީ މެންޗެސްޓާ ޔުނައިޓެޑުން އޭނާ ގަންނަން ކުރި މަސައްކަތް ނާކާމިޔާބުވުމުންނެވެ. އަދި ޔުވެންޓަސްގެ މިހާރުގެ ކޯޗު މަސިމިލާނޯ އަލެގްރީ އާއި ރަބިއޮޓްގެ ގުޅުން ވެސް ވަރަށް ބޮޑަށް ރަނގަޅުވުމުންނެވެ.

މާލީ މައްސަލަތަކުގެ ސަބަބުން ޔުވެންޓަސްއިން ކުރިން ނިންމައިގެން ތިބީ ފްރާންސްގެ މިޑްފީލްޑަރު ރަނގަޅު އަގެއްގައި ވިއްކާލެވޭނެ ކަމަށެވެ. ނަމަވެސް އެކަމަށް ހުރަސް އެޅުނީ އެހެން ކުލަބަކަށް ބަދަލުވާން ރަބިއޮޓް ބޭނުންނުވުމުންނެވެ.

ޔުވެންޓަސްއާއެކު އޭނާ ހަދާފައިވާން ކޮންޓްރެކްޓްގައި ބާކީ އޮތީ އެންމެ ސީޒަނަކެވެ. މިހެންވެ ކޮންޓްރެކްޓް އާކުރުމަކީ މިވަގުތު އެކުލަބުން އެންމެ އިސްކަންދޭ އެއް ކަންތަކެވެ.

- ކޮމެންޓް