ކ. މާލެ
|
1 އޮކްޓޯބަރ 2023 | އާދީއްތަ 19:19
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
އިމިގްރޭޝަން
އިމިގްރޭޝަންގެ ޚިދުމަތްތައް
ސަރުކާރު ބަންދު ދުވަހެއް ނަމަވެސް އިމިގްރޭޝަންގެ ޚިދުމަތްތައް ލިބޭނެ
ޕާސްޕޯޓުގެ ޚިދުމަތް ހެނދުނު 8:30ން ހަވީރު 17:00އަށް
ވީޒާގެ ޚިދުމަތް ހެނދުނު 9:00ން މެންދުރުފަހު 14:00އަށް
މާލޭ އިމިގްރޭޝަން އޮފީހުގެ ޚިދުމަތްތައް ދިނުމަށް ވަނީ ހަމަޖެހިފައި

2 އޮކްޓޯބަރުވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ނަމަވެސް އިމިގްރޭޝަންގެ ޚިދުމަތްތައް ލިބޭނެކަަމަށް އެ އިދާރާއިން ބުނެފިއެވެ.

ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ނަމަވެސް، މާލޭ އިމިގްރޭޝަން އޮފީހުގެ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

އެގޮތުން، ޕާސްޕޯޓުގެ ޚިދުމަތް ހެނދުނު 8:30ން ހަވީރު 17:00އަށް ކިއުބީ މެދުވެރިކޮށް ނަންބަރު ނެގުމަށްފަހު ޕާސްޕޯޓާ ހަވާލުވެވޭނެެއެވެ. އަދި ވީޒާގެ ޚިދުމަތް ހެނދުނު 9:00ން މެންދުރުފަހު 14:00އަށް ލިބޭނެކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ސެޕްޓެންބަރު މަހުގެ 30 ވީ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބާގުޅޭ އެކިއެކި މަސައްކަތްތަކުގައި، ހަރަކާތްތެރިވި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން، ވޯޓާ ގުޅިގެން ކުރަން ޖެހުނު އެންމެހައި މަސައްކަތްތައް ނުނިމޭތީ ހޯމަ ދުވަސްވެސް ވަނީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ.

- ކޮމެންޓް