ބައްޔަކަށްފަހު ތާވަލްގެ އެއްވަނަ ގެއްލުނު, ރެއާލް މެޑްރިޑުން މޮޅަކާއަކު އަލުން ސްޕެނިޝް ލަލީގާ ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.
ރެއާލް އަލުން ތާވަލްގެ އެއްވަނަ އަށް ޖެހިލީ 3-0 ން ޖިރޯނާ ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ރެއާލް އިން ދެ ލަނޑުގެ ލީޑެއް ނެގިއެވެ. ފުރަތަމަ ލަނޑު ޖަހާ ކުރިހޯދައިދިނީ ހޮސޭލޫއެވެ. އޭގެ ތިން މިނިޓްފަހުން ދެވަނަ ލަނޑެއް ޖަހާ ލީޑް ފުޅާކޮށްދިނީ ޗުއަމެނީއެވެ. ދެވަނަ ހާފްގައި ތިންވަނަ ލަނޑު ޖެހީ ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ބެލިންގހަމް އެވެ. އޭނާ ލަނޑު ޖެހީ ފުރަތަމަ ލަނޑު ޖެހި ހޮސޭލޫ ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. ފުރަތަމަ ލަނޑު ޖަހަން ހޮސޭލޫ އަށް ފުރުޞަތު ތަނަވަސްކޮށްދިނީ ބެލިންގހަމް އެވެ. މެޗުން މޮޅުވިޔަސް ކޯޗު އެންޗެލޮޓީގެ ނުތަނަވަސްކަމަކީ 10 ކުޅުންތެރިންނާއެކު މެޗު ނިންމާލަން ޖެހުމެވެ. އެއީ މެޗުގެ އިތުރު ވަގުތުގައި ނަޗޯއަށް ސީދާ ރަތްކާޑެއް ދެއްކުމުންނެވެ. އެއީ ޕޯޓޫއަށް ކުރި ފައުލަކަށް ދެއްކި ރަތްކާޑެކެވެ. ފައުލާ ގުޅިގެން ލިބުނު އަނިޔާއަށް ފަރުވާދިނުމަށް ޕޯޓޫ ވަނީ އަށިގަނޑުގައި ބާލާފައެވެ.
މިމޮޅާއެކު ރެއާލް މެޑްރިޑް އަލުން އެއްވަނަ އަށް ޖެހިލީ އަށް މެޗުން 21 ޕޮއިންޓާ އެކުއެވެ. ދެވަނާގައިވާ ބާސެލޯނާއަށް 20 ޕޮއިންޓް އަދި ތިންވަނާގައިވާ ޖިރޯނާއަށް ލިބިފައިވަނީ 19 ޕޮއިންޓެވެ.