Advertisement
ކ. މާލެ
|
20 ޖުލައި 2017 | ބުރާސްފަތި 22:58
މަރުގެ ހުކުމް އިއްވާފައިވާ ހުސައިން ހުމާމް
މަރުގެ ހުކުމް އިއްވާފައިވާ ހުސައިން ހުމާމް
ގޫގުލް
މަރުގެ ހުކުމް ތަންފީޒްކުރުން
މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓާލުމަށް އެމްނެސްޓީ އިން ރާއްޖެއަށް ގޮވާލައިފި
ރެކޯޑް ދެމެހެއްޓުމަށް ގޮވާލާފައިވޭ
ރާއްޖެއިން ހުކުމް ތަންފީޒުކުރުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއް
އިޔާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިގެންދާނެ

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުން ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފިއެވެ.

 

އެމްނެސްޓީ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ތިން މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

 

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުނުކުރާތާ 60 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަަމަށާއި އެ ރެކޯޑް ދަމަހައްޓަން އެ ޖަމާއަތުން ގޮވާލާފައިވެއެވެ.

 

"މަރުގެ ހުކުމް ތަންފީޒުކުރުމަށް ދިވެހިރާއްޖޭގެ ސަރުކާރުން ނިންމާފައިވާ ނިންމުން ހުއްޓުވަންޖެހޭ. އަދި، މަރުގެ ހުކުމް އެއްވެސް ގޮތަކަށް ތަންފީޒުނުކުރުމަށް ނިންމާ، އެކަމަށް ސަރުކާރުން ރަސްމީ ގަރާރެއް ނެރެންވެސް ގޮވާލަން. މަރުގެ ހުކުމް މި ފަރާތްތަކުގެ މައްޗަށް ތަންފީޒުކޮށްފިނަމަ، ރާއްޖޭގެ ރީތި ނަމަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިގެންދާނެ" އެމްނެސްޓީއިން ދެކުނު އޭޝިޔާއަށް ކަނޑައަޅުއްވާފައިވާ ސީނިއަރ އެޑްވައިޒަރ ޑޭވިޑް ގްރިފިތްސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.

 

އެމްނެސްޓީ އިން ބުނީ ރާއްޖެއަކީ މަރުގެ ހުކުމް ތަންފީޒުނުކުރުމުގައި ސަރަހައްދުގެ ލީޑަރެއް ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި، ދުނިޔޭގެ އެތަަށް ގައުމަކުން މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓަމުން ގެންދާއިރު، ރާއްޖެއިން ހުކުމް ތަންފީޒުކުރުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

 

ސަރުކާރުން މަރުގެ ހުކުމް ތަންފީޒުކުރުމަށް ނިންމާފައިވާ ކަމަށް އަޑު ފެތުރިފައިވާ އިރު، ހުކުމް މިހާތަނަށް ތިން މީހަކަށް އިއްވާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. މަރުގެ ހުކުމް އިއްވާފައިވާ ތިން މީހުންނަކީ ހުސައިން ހުމާމް އަހްމަދު، އަހްމަދު މުއްރަތު އަދި މުހައްމަދު ނަބީލް އެވެ. މި ތިން މީހުންނަށް އިއްވާފައިވާ ހުކުމް ސުޕްރީމް ކޯޓުން ވަނީ ތާއީދުކޮށްފައެވެ.

 

މިހަފްތާ ނިމުމުގެ ކުރިން ރައީސުލް ޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދެއް ފުއްދަވާނޭ ކަމަށް އަޑުތައް ފެތުރިފައިވާ އިރު، މަރުގެ ހުކުމް ތަންފީޒުކުރަން ބޭނުންވާ ސާމާނު ރާއްޖެ ގެނެސްފައިވާ ކަމަށްވެސް އަޑުތައް ވަނީ ފެތުރިފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
21 ޖުލައި 2017 | ހުކުރު 14:55
ޙާލުގެ ދުލުން
މަރުގެ ޙުކުމް ތަންފީޒް ނުކުރާ ޤައުމެއްގެ ރެކޯޑް އޮތުމަކީ ވަރަށް މުހިންމު ކަމެއް އެކަމަކު އެގޮތުގާ އެކަން ދެމިއޮންނީ ޤިޞާސް ގެ ގޮތުގައި މަރުހިފަން ޖެހޭވަރުގެ ކުށެއް އެއްވެސް މީހަކު ނުކުރާނަމަ އެއީ ސަރުކާރުގެ ކިބާގާ އޮތް ކަމެއްނޫން އެއީ ރައްޔިތުންގެ ކިބާގައި އޮތް ކަމެއް ވަލިއްޔުލް އަމްރަށް ޤިޞާޞް ހިފުމަށް އިސްލާމުން ޝަރީޢަތުން 3 މަރުޙަލާގެ ކޯޓް ތަކުން އެއްގްތަކަށް ނިންމާ ހުކުމް ތައް ތަންފީޒު ކުރުން އެމްނެސްޓީ އިންޓަނޭޝަހަލް ފަދަ ޣައިރުމުސްލިމު ޖަމާޢަތަކުން ގޮވާލާގޮވާލުން ތަކަކީ އިލާހީ ޤާނޫނަށް ގޮންޖެހުމަށް ޓަކާ އެފަރާތްތަކުން ކުރާ މަސައްކަތް މްރުގެ ޙުކުމް ބާވައި ލެއްވީ ނެތުމުގެ ތެރެއިން އިންސާނާ ވުޖޫދު ކުރެއްވި ﷲ އެއީ އިންސާނާދެކެ އެންމެ ބޮޑަށް ލޯބިވެ ވޮޑިގެންވާ ފަރާތް މަރުގެ ހުކުމް 3 މަރުޙަލާގެ ކޯޓް ތަކުން ނިމިފައިވާ ވާ ފަރާތް ތަކުގެ ޙުކުމް ތަންފީޒް ކުރުން ލަސްނޮކޮށް އަވަސް ކުރުމަށް ގޮވާލަން