Advertisement
ކ. މާލެ
|
29 ސެޕްޓެންބަރ 2023 | ހުކުރު 05:34
މާލެއަށް ވާރޭވެހެނީ
މާލެއަށް ވާރޭވެހެނީ
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ހަފްތާ ބަންދުގައި ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެ
ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އުތުރާއި މެދު ރާއްޖެތެރެއަށް ވިއްސާރަކުރާނެ

ހަފްތާ ބަންދުގައި ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ބުނީ ހުކުރު ދުވަހު އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެކަމަށެވެ.

Advertisement

މީގެއިތުރުން ހޮނިހިރު ދުވަހުވެސް އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ދެކުނުގެ ބައެއް އަތޮޅުތަކަށް ހޮނިހިރު ދުވަހު ކެރީގެ އަސަރުކުރާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

މީގެއިތުރުން މެޓް އޮފީހުން ބުނީ ދެކުނުގެ ކަނޑުތައް ގަދަވާނެކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް