Advertisement
ކ. މާލެ
|
20 ޖުލައި 2017 | ބުރާސްފަތި 19:16
އިންޑިޔާގެ އިންތިޚާބީ ރައީސް ރާމް ނާތު ކޯވިންދަކީ އިންޑިއާގެ 14 ވަނަ ރައީސް
އިންޑިޔާގެ އިންތިޚާބީ ރައީސް ރާމް ނާތު ކޯވިންދަކީ އިންޑިއާގެ 14 ވަނަ ރައީސް
ރައީސް އޮފީސް
އިންޑިއާގެ އާ ރައީސް
އިންޑިއާގެ އާ ރައީސަށް ރައީސް ތަހުނިޔާ ފޮނުއްވައިފި
އިންޑިޔާގެ އިންތިޚާބީ އާ ރައީސް ރާމް ނާތު ކޯވިންދަކީ އިންޑިއާގެ 14 ވަނަ ރައީސް
އެމަނިކުފާނު ރައީސް ކަމުގެ ހުވާކުރައްވާނީ މިމަހުގެ 25 ވާ އަންގާރަދުވަހު

 

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް‏، އިންޑިޔާގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ރާމް ނާތު ކޯވިންދަށް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ

.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އިންޑިޔާގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވިކަމަށްޓަކައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ރާމް ނާތު ކޯވިންދަށް ވަރަށް ހޫނު ‏މަރުހަބާއެއް ވަނީވިދާޅުވެފައެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އިންޑިޔާގެ އިންތިޚާބީ ރައީސް ރާމް ނާތު ކޯވިންދުގެ ޒަޢާމަތުގައި، އިންޑިޔާއަށް އިތުރު ފާގަތިކަމާއި ކުރިއެރުން ލިބިގެންދާނެކަން ޔަގީން ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ‏.

 

 ރާއްޖެއާއި އިންޑިޔާއާ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ދެ ޤައުމަށް ފައިދާ ހުރި ކަންކަމުގައި އެކުގައި މަސައްކަތް ކުރައްވައި، މި ގުޅުން ރާމް ނާތު ކޯވިންދުގެ ޒަޢާމަތުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ވަނީ ވިދާޅުވެފައެވެ.

 

އިންޑިޔާގެ އިންތިޚާބީ އާ ރައީސް ރާމް ނާތު ކޯވިންދަކީ އިންޑިއާގެ 14 ވަނަ ރައީސެވެ. އެމަނިކުފާނު ރައީސް ކަމުގެ ހުވާކުރައްވާނީ މިމަހުގެ 25 ވާ އަންގާރަދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް