ކ. މާލެ
|
25 ސެޕްޓެންބަރ 2023 | ހޯމަ 13:49
އެމްއެމްސީގެ ބައްދަލުވުމެއްގެ ތެރެއިން
އެމްއެމްސީގެ ބައްދަލުވުމެއްގެ ތެރެއިން
މޯލްޑިވްސް މީޑިއާ ކައުންސިލް
އުތުރު ތިލަފަޅަށް ނޫސްވެރިން ދިޔަ މައްސަލަ
ހުއްދަނެތި އުތުރު ތިލަފަޅަށް ނޫސްވެރިން ދިޔަ މައްސަލަ ބަލާނެ: އެމްއެމްސީ
 
މިކަން ހިނގާދިޔަ ގޮތް ބެލުމަށް ކޮމެޓީގެ ސަމާލުކަމަށް ވަނީ ގެނެސްފައި
 
އެއްވެސް ފަރާތަކުން މައްސަލަ ބަލައި ދިނުމަށް ހުށަހަޅާފައިވާ ނުވޭ

ހުއްދަނެތި އުތުރު ތިލަފަޅަށް ނޫސްވެރިން ދިޔަ މައްސަލަ ބަލާނެ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން ބުނެފިއެވެ.

ރާއްޖެއެމްވީއަށް އެމްއެމްސީގެ ރައީސް އަހްމަދު މުސްތަފާ ވިދާޅުވީ މިމައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެއްވެސް ފަރާތަކުން މައްސަލަ ބަލައި ދިނުމަށް ހުށަހަޅާފައިވާ ނުވާ ކަމަށެވެ. ނަމަވެސް މިކަން ހިނގާދިޔަ ގޮތް ބެލުމަށް ކޮމެޓީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިމައްސަލަ ބަލާނެ ކަމަށެވެ.

ހުއްދަނެތި އުތުރު ތިލަފަޅަށް ނޫސްވެރިން ދިޔަ މައްސަލަ ބަލާނެ ކަމަށް އެމްއެމްސީން ބުނެފައިވާއިރު، މި މައްސަލަ ތަހުގީގުކޮށްދިނުމަށް އެމްއެންޑީއެފުން ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

މީގެ އިތުރުން އުތުރު ތިލަފަޅުގެ މަޝްރޫއާއި ގުޅޭގޮތުން ދިޔަރެސްއިން ދަނީ ހަގީގަތާއި ހިލާފު ދޮގު ޚަބަރުތައް ލިޔަމުންނެވެ. މިކަން ކުށްވެރިކޮށް ނަފްރަތު އުފެދޭގޮތަށް ދޮގު ވާހަކަތައް ނުފެތުރުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފައިވެއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ އުތުރު ތިލަފަޅުގައި އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޔޫޓީއެފްގައި އެމްއެންޑީއެފްއިން ތަރައްގީ ކުރަމުން ދަނީ ކޯސްޓްގާޑުގެ ބޮޑެތި އުޅަނދުތައް ހުޅުމާލޭގައި މިހާރު އަަޅާފައިވާ 270 މީޓަރުގެ ސަރަހައްދުގެ ބަދަލުގައި ބޭނުންކުރާނެ 300 މީޓަރުގެ މަގަތު ފާލަމަކާއި 500 ޓަނުން ދަށުގެ ކުދި އުޅަނދު ފަހަރު މަރާމާތުކުރެވޭ ސްލިޕްވޭ އަކާއި ރިޕެއަރ ފެސިލިޓީއެއް ކަމަށެވެ. މި މަޝްރޫއުއަކީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބޮޑެތި އުޅަނދުތައް އަޅާާފައި ބާއްވާނެ ބަނދަރެއް ނެތުމުންނާއި މަރާމާތުކޮށް ބެލެހެއްޓުމަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށް އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުކުރުމަށް ވަރަށް މުހިއްމު މަޝްރޫއެއް ކަމަށްވާތީ، މިމަޝްރޫއާއި ގުޅޭގޮތުން ހަގީގަތާއި ޚިލާފު ދޮގު ވާހަަކަތައް ނުފެތުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މިއީ އެމްއެންޑީއެފްގެ ފުރިހަމަ މިލްކުވެރިކަން އޮތް އެމްއެންޑީއެފްގެ ތަނެއްކަން އެކި ފަހަރުމަތިން ވަނީީ ހާމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް