ކ. މާލެ
|
24 ސެޕްޓެންބަރ 2023 | އާދީއްތަ 16:32
ކްރިކެޓް ވޯލްޑްކަޕުގައި ވާދަކުރާ ގައުމުތަކުގެ ކެޕްޓަނުން
ކްރިކެޓް ވޯލްޑްކަޕުގައި ވާދަކުރާ ގައުމުތަކުގެ ކެޕްޓަނުން
ގޫގުލް
ކްރިކެޓް ވޯލްޑްކަޕް
ޕާކިސްތާން ސެމީއަށްވެސް ނުދާނެ: ހަރްބަޖާން
އޭނާ ބުނަނީ 50 އޯވަރުގައި ޕާކިސްތާނަކީ އާދައިގެ ޓީމެއް ކަމަށް

އަންނަ މަހު ފަށާ ވޯލްޑްކަޕް ކްރިކެޓް މުބާރާތުގައި ޕާކިސްތާން ސެމީ ފައިނަލަށްވެސް ނުދާނެކަމަށް, އިންޑިޔާގެ މަޝްހޫރު ކުޅުންތެރިޔާ ހަރްބަޖާން ސިންގް ބުނެފިއެވެ.

2003 ވަނަ އަހަރުގެ ވޯލްޑްކަޕް އިންޑިޔާއަށް ކާމިޔާބުކޮށްދިނުމުގައި މޮޅަށް ކުޅުނު ކުޅުންތެރިޔާ ބުނީ ޕާކިސްތާނަކީ 50 އޯވަރުގެ ކްރިކެޓުގައި މާގަދަ ގައުމެއްނޫން ކަމަށެވެ. ވޯލްޑްކަޕަކީ 50 އޯވަރަށް ކުޅޭ އެއް ދުވަހުގެ މެޗުތަކެކެވެ. އިންޑިޔާގައި ކުޅޭ މުބާރާތުގައި 10 ގައުމު ވާދަކުރާނެއެވެ.

ޕާކިސްތާނަކީ 50 އޯވަރުގެ ކްރިކެޓްގަ އާދައިގެ ގައުމެއް. އެމީހުން ސެމީ ފައިނަލް ކުޅޭތަނެއް އަހަރެންނަށް ނުފެނޭ. ޕާކިސްތާނަކީ ޓުވެންޓީ20 ކްރިކެޓްގައި މޮޅަށް ކުޅޭ ގައުމެއް.
ހަރްބްޖާން ބުންޏެވެ.

އޭނާ ބުނީ ސެމީ ފައިނަލަށް ދާނީ އިންޑިޔާއާއި ވޯލްޑްކަޕުގެ އެންމެ ކާމިޔާބު ގައުމު އޮސްޓްރޭލިޔާއާއި އެންމެ ފަހުގެ ޗެމްޕިއަން އިންގްލޭންޑާއި ރަނަރަޕް ނިއުޒީލޭންޑް ކަމަށެވެ.

- ކޮމެންޓް