ކ. މާލެ
|
20 ޖުލައި 2017 | ބުރާސްފަތި 12:31
މަސްތުވާތަކެތީގެ މައްސަލަ
މަސްތުވާތަކެތީގެ މައްސަލަ
ރާއްޖެއެމްވީ
މަސްތުވާތަކެތީގެ މައްސަލަ
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ރ. ދުވާފަރުން ޒުވާނަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ޒުވާނެއް
222 ރަބަރު ޕެކެޓް ވަނީ އަތުލައިގަނެފައި
މިއަހަރުގެ މިހާތަނަށް 1118 އެއް ފުލުހުންނަށް ވަނީ ހުށަހެޅިފައި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ރ. ދުވާފަރުން ޒުވާނަކު ހައްޔަރުކޮށްފި އެވެ.

ދުވާފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައި ވަނީ އުމުރުން 26 އަހަރުގެ ފިރިހެނެކެވެ.

މީގެ އިތުރުން އޭނާ އަތުގައި އޮތް ދަޅެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި 222 ރަބަރު ޕެކެޓް ވަނީ ފެނިފަ އެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ މާލެއިން ފުރައިގެން ދުވާފަރަށް ދަތުރުކުރި ބޯޓަކުން މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުން މައުލޫމާތަކާ ގުޅިގެން ދުވާފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގަ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ރ.ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

ދުވާފަރުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ އިރު، މިއަހަރުގެ މިހާތަނަށް 1118 މަސްތުވާތަކެތީގެ މައްސަލައެއް ފުލުހުން ވަނީ ބަލާފަ އެވެ.

 

- ކޮމެންޓް