ކ. މާލެ
|
20 ސެޕްޓެންބަރ 2023 | ބުދަ 21:53
ކުރީގެ ޓޫރިޒަމް މިނިސްޓަރު، އަލީ ވަހީދު
ކުރީގެ ޓޫރިޒަމް މިނިސްޓަރު، އަލީ ވަހީދު
ދާދު ފޮޓޯސް
ޖޭޕީ
ގާސިމްގެ އިންތިޚާބީ އެޖެންޓް އަލީ ވަހީދު، ޖޭޕީން ވަކިވެ ވަޑައިގެންފި
 
ޖޭޕީގެ ކައުންސިލް ގިނަ މެމްބަރުން ވަނީ ރައީސް ސާލިހާ ބައްދަލުކުރައްވާފައި
 
ޖޭޕީން ވަކިވެވަޑައިގަތް ނަމަވެސް، ދިވެހި ގައުމާއި ރައްޔިތުންގެ ސަފުގައި ދެމި ހުންނަވާނެ ކަމަށް ވިދާޅުވި
 
ގާސިމް އަރިހުގައި މަސައްކަތް ކުރައްވަން ލިބިވަޑައިގަތް ފުރުސަތަކީ އަގުހުރި ތަޖުރިބާއެއް ކަމަށް ވިދާޅުވި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ޖުމްހޫރީ ޕާޓީ (ޖޭޕީ)ން ވަކިވެވަޑައިގެންފިއެވެ.

އަލީ ވަހީދު ޖޭޕީން ވަކިވެވަޑައިގަތީ ބުދަ ދުވަހުގެ ވަގުތެއްގައެވެ.

އަލީ ވަހީދު ވިދާޅުވީ، ދިވެހިރާއްޖޭގެ ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އޮނަރަބަލް ގާސިމް އިބްރާހީމް އަރިހުގައި މަސައްކަތް ކުރައްވަން ލިބިވަޑައިގަތް ފުރުސަތަކީ ނުހަނު އަގުހުރި ތަޖުރިބާއެއް ކަމަށެވެ. ޖޭޕީން ވަކިވެވަޑައިގަތް ނަމަވެސް، ދިވެހި ގައުމާއި ރައްޔިތުންގެ ސަފުގައި ދެމި ހުންނަވާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ޖޭޕީން ވަކިވެވަޑައިގަތްއިރު، ރިޔާސީ އިންތިޚާބުގެ 2023ގެ ފުރަތަމަ ބުރުގައި ގާސިމަށް ލިބިވަޑައިގަތީ އުންމީދުކުރި ވަރަށްވުރެ މާ މަދު ވޯޓެއް ކަމަށް ޖޭޕީންގެ ބައެއް މެންބަރުން ބުނެފައިވެއެވެ. އިންތިޚާބީ އެޖެންޖެޓެއްގެ ގޮތުގައިވެސް އަލީ ވަހީދު ވަނީ މަސައްކަތް ކުރައްވާފައެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގައި ވެސް ކެންޕޭން ހަރަކާތްތައް ހިންގަވާފައިވެއެވެ. އަދި ގާސިމްގެ ސްޕެޝަލް އެޑްވައިޒަރެއްގެ ގޮތުގައިވެސް ހަމަޖެއްސެވިއެވެ.

ޖިންސީ ގޯނާގެ ގިނަ ދައުވާތަކެއް އަލީ ވަހީދުގެ މައްޗަށް ކުރިއެވެ. މި ދައުވާތައް ކޮށްފައިވަނީ، ޓުއަރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރެއްވިކަމުގެ ތުހުމަތުގައެވެ. އަދި އެ ދައުވާތައް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އަނބުރައި ގެންދިއުމާ ގުޅިގެން، 3 އަހަރު ދުވަހު އިނގިރޭސިވިލާތުގައި އުޅުއްވުމަށްފަހު އޭނާ ރާއްޖެ ވަޑައިގަތީ 11 ޖުލައި 2023 ވީ އަންގާރަ ދުވަހުއެވެ. އަލީ ވަހީދު ވަނީ މި ތުހުމަތުތައް ދޮގުކުރައްވާފައެވެ.

އަލީ ވަހީދު ޖޭޕީން ވަކިވެވަޑައިގަތްއިރު، އެ ޕާޓީގެ ކައުންސިލް ގިނަ މެމްބަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދުކުރައްވަން ނިންމަވާފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އިތުބާރުހުރި މަސްދަރަކުން ޔަގީންވެފައިވާގޮތުގައި އަލީ ވަހީދުގެ އިތުރުން ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު، ޖޭޕީގެ ކުރީގެ ސެކްރެޓަރީ ޖެރަނަލް އަދި ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު އަދި ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަހްމަދު (އަބުޅޯ) ވަނީ އަންގާރަ ދުވަހުގެ ރޭ ރައީސް ސާލިހާ ބައްދަލު ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް