ކ. މާލެ
|
18 ސެޕްޓެންބަރ 2023 | ހޯމަ 10:10
ސުނާމީ ބިނާ ސަރަހައްދު
ސުނާމީ ބިނާ ސަރަހައްދު
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، ކ.އަތޮޅުން ފެށިގެން ފ.އަތޮޅަށް ވައިޓް އެލާޓް ނެރެފި
ވައިޓް އެލާޓް ނެރިފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 8:15އިން މެންދުރު 1:00ށް
ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވޭ
ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސްވާނެ

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، ކ.އަތޮޅުން ފެށިގެން ފ.އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ.

ވައިޓް އެލާޓް ނެރެފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 8:15އިން މެންދުރު 1:00ށެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މީގެ އިތުރުން މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ހޯމަ ދުވަހުގެ ހެނދުނު 10:00ން އަންގާރަ ދުވަހުގެ ހެނދުނު 10:00ށް އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށްވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.

ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 5 ނުވަތަ 2 ފޫޓު ހުންނާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

ރާއްޖޭގެ މޫސުން ގޯސްވެފައިވާތީ ހުރިހާ ފަރާތްތަކުން މުސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބެލުމަށްފަހު ދަތުރުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

- ކޮމެންޓް