Advertisement
ކ. މާލެ
|
19 ޖުލައި 2017 | ބުދަ 23:13
މެންބަރު އަލީ ހުސައިން
މެންބަރު އަލީ ހުސައިން
ރާއްޖެ އެމްވީ
ކުނޫޒް ޖަލްސާ
އަދިވެސް އަންނަނީ 45 ހަމަ ވަމުން، މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގޭނެ: އަލީ ހުސައިން
18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެންމެ ގޮޑިއެއްވެސް އަދި ނުގެއްލޭ
މިމަހުގެ 24 ވަނަ ދުވަހު އަދިވެސް މަސިޙުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގޭނެ

ރައްޔިތުންގެ މަޖިލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަދިވެސް އޮތީ ކުރިއަށް ކަމަށާއި ގޭމް ޕްލޭން ބަދަލުކޮށް މާދަމާވެސް، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައްޔިތުންނަށް ރަގަޅު ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލީ ހުސައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކިވާނެ ގޮތްތައް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އިރު، އެންމެފަހުން ސުޕްރީމް ކޯޓުން ނެރެފައިވާ، ރޫލިންގައި ވެސް މަޖިލީހުގެ މެންބަރުން ވަކިވާނެ ގޮތްތައް ބަޔާންކޮށްފައިވާ ކަމަށެވެ.

ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގައި ރާއްޖޭގެ ދިރިއުޅޭ ކޮންމެ މީހަކަށް އެ މީހަކު އިހްތިޔާރުކުރާ ޕާޓީއަކަށް ދިއުމުގެ ހައްގު ލިބިގެންވާއިރު، މިއީ އެއްވެސް ސިފައެއްގައި ސުވާލު އުފެއްދޭނެ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގެ ރޫލިންގައި ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގެ 16 މާއްދާގެ ބ. ގެ މައްޗަށް އެޕްލައި ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ހުސައިން ވަނީ ސަރުކާރުގެ ނުޒޫފުގެ ތެރެއިން ކަންކަން ކުރައްވަމުންގެންދަވާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެކަން ކުރައްވާ ގޮތަށް މިސާލު ޖައްސާފަ އެވެ.

އޭނާ ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން، ހުކުމް ވިދާޅުވީ ކާލާއަށް ކަމުގައިވާ އިރު ކާލާ މަންނަ ބައިންދާފައި ވަނީ އެންމެ ފަހަށް ނަމަވެސް، ކާލާ މަންނަ އަތުލް ދޫވާ ހިސާބުން، ހުކުމް އެހެން އެއްޗަކަށް ބަދަލުކުރާ އުސޫލުން މަޖިލީޙުގެ ތެރެއިން ކަންކަމަށް ނުފޫޒު ފޯރުވަމުންދާކަމަށެވެ.

މިއީ އެއްވެސް ހާލެއްގައި ގޮތެއް ހުރި އިންސާނަކު އަމަލު ކުރާނެ އުސޫލެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ހުސައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި އިލެކްޝަން ކޮމިޝަނުން އެންގިއަސް ނުގެއްލޭނެ ކަމަށާއި، އެކަން ކަނޑައަޅާނީ ކޯޓުން ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާކަން ކަށަވަރުކުރާނީ، ކޯޓުން. މިއީ ވަރަށް ސާފުކަމެއް. މިއީ ދެގޮތަކަށް އިންޓަރްޕްރީޓް ކުރެވޭނެ ކަމެއް ނޫން." އަލީ ހުސައިން ވިދާޅުވި އެވެ.

މެންބަރު އަލީ ހުސައިން ވިދާޅުވީ 24 ވަނަ ދުވަހު ރައްޔިތުން ތިއްބެވި ކަމަށްވާ ނަމަ އިތުބާރު ނެތް ކަމުގު ވޯޓު ނެގޭނެ ކަމަށެވެ.

އަލީ ހުސައިން ވަނީ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ، ވެރިކަމާ ހެދިކަމަށް ދައްކާ ވާހަކައަށް ރައްދު ދެއްވާފަ އެވެ.

"އަޅުނޑުމެންގެ ވާހަކަ ދެއްކުމުގައި އަޅުގަނޑުމެން ހިފަހައްޓަންޖެހޭ އެއް ކަމެއްގެ ވާހަކަ އެފްބީ ވޯލްގަ ލިޔެފަ އެބައޮތް. ދިވެހި ރައްޔިތެއްގެ ތެރެއިން 30 އަހަރުވެފައިވާ ހުރިހާ ރައްޔިތުންގެ ހައްގެއް،" އަލީ ހުސައިން ވިދާޅުވި އެވެ.

އަލީ ހުސައިން ވިދާޅުވީ، މިކުރާ މަސައްކަތަކީ ގައުމު އިސްލާހު ކުރުމަށް ކުރާ މަސައްކަތް ކަަމަށެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
20 ޖުލައި 2017 | ބުރާސްފަތި 08:35
ހުސެން
ރުފިޔަހުރިއްޔާ45ނޫން އެއައްވުރެއިންވެސްގިނަވާނެ ރިސްވަތުންފުރިފާތިބިބައެއް ތިޔަމަޖިލީހުގާތިބެނީ