ކ. މާލެ
|
17 ސެޕްޓެންބަރ 2023 | އާދީއްތަ 12:32
ނަސީމް ޝާހު (ވ): އޭނާގެ ކޮނޑަށް ވަނީ އަނިޔާވެފައި
ނަސީމް ޝާހު (ވ): އޭނާގެ ކޮނޑަށް ވަނީ އަނިޔާވެފައި
ގޫގުލް
ކްރިކެޓް ވޯލްޑްކަޕް 2023
ވޯލްޑްކަޕުގައި ކުޅެވޭނެތޯ ބަލަން ޕާކިސްތާން ބޯލަރު އިނގިރޭސިވިލާތަށް
އޭނާގެ ކޮނޑަށް އަނިޔާވީ އިންޑިޔާ މެޗުގައި

ޕާކިސްތާނުގެ ބާރު އުކުންތެރިޔާ ނަސީމް ޝާހަށް ވޯލްޑްކަޕުގައި ކުޅެވޭނެތޯ ޔަގީންކުރުމަށް، ފަރުވާ އަށް އޭނާ އިނގިރޭސި ވިލާތަށް ފޮނުވަން ނިންމައިފި އެވެ.

އުމުރުން 20 އަހަރުގެ ޝާހުގެ ކޮނޑަށް އަނިޔާވީ އޭޝިޔާ ކަޕުގައި ޕާކިސްތާނާއި އިންޑިޔާ ކުޅުނު މެޗުގެ ފަހު ބައިގެ ތެރޭގަ އެވެ. އިންޑިޔާ އާއި ޑުބާއީން އޭނާގެ ކޮނޑުގެ އެމްއާރުއައި ވަނީ ހަދާފަ އެވެ. ނަމަވެސް ޕާކިސްތާނުގެ ކްރިކެޓް ބޯޑުން ބޭނުންވަނީ އިނގިރޭސި ވިލާތުގެ ސިއްހީ މާހިރުންގެ ލަފާ ހޯދުމަށެވެ.

ޓެސްޓްތަކަށް ބަލާފައި ޕާކިސްތާނުގެ ކްރިކެޓް ބޯޑުން ވަކި ގޮތެއް ނިންމާނީ. އޭނާ އަކީ ވަރަށް މުހިންމު ކުޅުންތެރިއެއް. އަހަރުމެން އުއްމީދު ކުރަނީ ވޯލްޑްކަޕުގެ ފަހު ބަޔަށް ނަމަވެސް އޭނާ ފިޓްކުރެވޭތޯ. ޔަގީނުން ވެސް ފުރަތަމަ ބުރުގައި އޭނާ އަށް ނުކުޅެވޭނެ. އެއީ ކޮނޑުގެ މަސްތައް ރަނގަޅުވާން ދިގު މުއްދަތެއް ހޭދަވާނެތީވެ
ޕާކިސްތާނުގެ އިސް އޮފިޝަލް

އިންޑިޔާގައި ބާއްވާ ވޯލްޑްކަޕް ފަށާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެވެ. އޭޝިޔާ ކަޕުގެ ފައިނަލަށް ނުގޮސް ކަޓާފައިވާތީވެ ޕާކިސްތާނުގެ އުއްމީދަކީ ވޯލްޑްކަޕަށް ޓީމު ވަރުގަދަ ކުރުމެވެ. އެ ގައުމުން ވަނީ 1992ގެ ވޯލްޑްކަޕް ކާމިޔާބުކޮށް 99ގެ ފައިނަލްގައި ކުޅެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް