Advertisement
ކ. މާލެ
|
19 ޖުލައި 2017 | ބުދަ 21:37
މާލޭގައި ފުލުހުންގެ ހާއްސާ އޮޕަރޭޝަނެން ކުރިއަށް ގެންދަނީ
މާލޭގައި ފުލުހުންގެ ހާއްސާ އޮޕަރޭޝަނެން ކުރިއަށް ގެންދަނީ
ރާއްޖެ އެމްވީ
މާރާމާރި
ދެ މީހެއްގެ ގަޔަށް ވަޅިހަރައި ޒަޚަމްކޮށްލައިފި
ފުރަތަމަ ހަމަލާ ދީފައިވަނީ ވިލިނގިލީ ފެރީ ޓާމިނަލް ކައިރިން
ދެވަނަ ހަމަލާދިނީ އެލްސިއޯން ބޭކަރީ ކައިރިން
މާރާމާރިއާއި ގުޅިގެން އެއްވެސް މީހަކު ހައްުޔަރުކޮށްފައިވާ ކަމެށް ފުލުހުން ހާމާކޮށްފައެއް ނުވޭ

މާލޭގައި ދެމީހެއްގެ ގަޔަށް ވަޅި ހަރައި ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ ބުދަ ދުވަހުގެރޭ މާލޭގެ ދެ ސަރަހައްދެއްގައި މާރާމާރީ ހިނގާފައިވާ ކަމަށެވެ.

އެގޮތުން، ވިލިނގިލީ ފެރީ ޓަރމިނަލް ކައިރިން މާރާމާރިއެއް ހިންގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ ރިޕޯޓް ބުދަދުވަހުގެރޭ 8:35 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި 9:45 ކަންހާއިރު މާފަންނު އެލްސިއޯން ބޭކަރީ ކައިރިން ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލާފައިވާ ކަމުގެ ރިޕޯޓްވެސް ފުލުހުންނަށް ކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

ފުލުހުން ބުނީ މާރާމާރިއާއި ގުޅިގެން ރިޕޯޓް ކުރި މައްސަލަ ތަޙުގީގު ކުރަމުންދާ ކަމަށެވެ. އަދި ވަޅިން ހަމަލާދީ ޒަޚަމްކޮށްލި ދެ ޒުވާނުނުނަން ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފަހަކަށް އައިސް މާލޭގައި ގްރޫޕް މާރާމާރި އިތުރުވެ، ތޫނު އެއްޗެހިން ހަމަލާދޭ މައްސަލަތައްވެސް ދަނީ އިތުރުވަމުންނެވެ. އަދި މި މައްސަލަތަށް ފުލުހުން ތަޙުގީގު ކުރަމުންދާއިރު ، މިކަމުގައި ބައިވެރިވާ މީހުން އިންސާފުގެ ކުރިމައްޗަށް ނުގެނެވޭކަމަށް ގިނަ ފަރާތްތަކަކުން ފާހަގަކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް