Advertisement
ކ. މާލެ
|
19 ޖުލައި 2017 | ބުދަ 21:35
އަބްދުﷲ ޝާހިދު: ޤާނޫނު އަސާސީއަކީ އޭގެ ޒާތުގައިވެސް ސިޔާދަތު ލިބިފައިވާ އެއްޗެއް ކަމަށް ވިދާޅުވި
އަބްދުﷲ ޝާހިދު: ޤާނޫނު އަސާސީއަކީ އޭގެ ޒާތުގައިވެސް ސިޔާދަތު ލިބިފައިވާ އެއްޗެއް ކަމަށް ވިދާޅުވި
ރާއްޖެއެމްވީ
އަބްދުﷲ ޝާހިދު
ޤާނޫނު އަސާސީއަށް ބުއްފުޅި ޖައްސާނެ މީހަކު ބޭނުމެއް ނުވޭ: ޝާހިދު
ގޮނޑި ގެއްލުނުކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިންވެސް ނިންމާފައި އެބަހުރި
ބަޔަކު އެކުރަނީ ޤާނޫނި ކުށެއް
ހައްގު ބަސް ބުނަން ވަކި ފުރުޞަތެއް ވަކި ވަގުތެއް ނޯންނާނެ

ޤާނޫނު އަސާސީއަށް އެއްވެސް މީހަކު ބުއްފުޅި ޖައްސަން ނުޖެހޭނެ ކަމަށާއި އެއީ އޭގެ ޒާތުގައިވެސް ސިޔާދަތު ލިބިފައިވާ އެއްޗެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ޝާހިދު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާދިޔަ ކަންކަމަކީ ވަރަށް ފުންކޮށް ވިސްނާލަން ޖެހޭ ކަންކަން ކަމަށާއި ކޮންމެ ކަމަކީވެސް ހަނދާން ކުރުމުގެ ވަގުތަކަށް ވާން ޖެހޭނެ ކަމަށެވެ.

އެގޮތުން މިއަދުވެސް އަދި ކުރިއަށް އޮތް ތަނުގައިވެސް ޤާނޫނު އަސާސީއަކީ އެއަށް ބޯލަނބަން ޖެހޭ އެއްޗެއް ކަން ހުރިހާ ފަރާތްތަކުންވެސް ހަނދާންކުރަން ޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ. 

އަދި ރާއްޖޭގެ ރައްޔިތުންނަށް ރަނގަޅު ވެރިކަމެއް ހޯދައިދިނުމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރާ މަސައްކަތައް ހުރަސް އަޅަމުންދާ ކަމަށާއި ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް، ދައުލަތުގެ ހުރިހާ ބާރުތައް ފެށިގެން އަންނަނީވެސް ރައްޔިތުންގެ ކިބައިން ކަމަށާ، އަދި އެ ބާރުތައް ދެމި އޮންނަނީވެސް ރައްޔިތުންގެ ކިބައިގައި ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ ވާހަކައިގައި ވަނީ އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލުވާލުމަކީ އީސީއަށް ލިބިގެންވާ ހައްގެއް ނޫން ކަމަށާއި އެކަމާއި ސުވާލު އުފެދުމުން ދާން ޖެހޭނީ ސުޕްރީމްކޯޓަށް ކަމަށް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސުޕްރީމް ކޯޓުން މީގެ ކުރިންވެސް އެބަހުރި ގޮނޑި ގެއްލުކަމަށް ނިންމާފައި. ބަޔަކު އެކުރަނީ ޤާނޫނީ ކުށެއް. ވަރަށް ބޮޑު ގޯހެއް. މި ދައްކަނީ ސުޕްރީމް ކޯޓުގެ ވާހަކަ" ޝާހިދު ވިދާޅުވިއެވެ.

ހައްގު ބަސް ބުނަން ވަކި ފުރުޞަތެއް، ވަކި ވަގުތެއް ނޯންނާނެ ކަމަށް ވިދާޅުވަމުން، މެންބަރުންގެ ގޮނޑި ގެއްލުވާލުމަށް ކުރަމުންދާ މަސައްކަތަކީ ބޮޑު ގޯހެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު އިބްރާހިމާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުޙައްމަދުގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު މުޙައްމަދު އަމީތުގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ އެ ހުކުމަށް ރިއާޔަތްކޮށް އެ ހަތަރު ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށާއި، ގާނޫނު އަސާސީގެ 78 ވަނަ މާއްދާއާއި، ރައްޔިތުންގެ މަޖިލީހުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އެ ދާއިރާތަކަށް މެންބަރުން ހޮވުމަށްޓަކައި ބާއްވަންޖެހޭ ބައި އިލެކްޝަންތައް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
20 ޖުލައި 2017 | ބުރާސްފަތި 14:53
ތެދެެއް
ތިބޭފުޅާ ވަހީދު ލައްވައި މަޖިލީހުގައި ހުވާކުރުވީ ކޮންއުސޫލަކައް ބައްލަވައިގެންތޯ