ކ. މާލެ
|
19 ޖުލައި 2017 | ބުދަ 19:49
މިއަދު އިލެކްޝަނުން ވަނީ 4 މެންބަރެއްގެ ގޮނޑި ގެއްލިއްޖެކަން ނިންމާ ބައި އިލެކްޝަން އިއުލާންކޮށްފައި
މިއަދު އިލެކްޝަނުން ވަނީ 4 މެންބަރެއްގެ ގޮނޑި ގެއްލިއްޖެކަން ނިންމާ ބައި އިލެކްޝަން އިއުލާންކޮށްފައި
ރާއްޖެއެމްވީ
މެންބަރުކަމުގެ ގޮނޑި ގެއްލުން
ބައެއް މެންބަރުން ޕީޕީއެމުން ވަކިވެފައިވާކަމަށް މޭމަހު އަނިލް ވިދާޅުވި: ޖޭމްސް ދޫރިސް
ޕީޕީއެމްގެ ބައެއް މެންބަރުން އެޕާޓީން ވަކިވެފައިވާކަމަށް އަނިލް ވިދާޅުވި
ބަންޑާރަ ނައިބު އެގޮތަށް ވިދާޅުވީ، އީޔޫގެ ވަފުދަކާއި އެކު މިދިޔަ މޭމަހު ބޭއްވި ބައްދަލުވުމެއްގައި

ޕީޕީއެމްގެ ބައެއް މެންބަރުން އެޕާޓީގައި ނެތްކަމަށް، ނުވަތަ ވަކިވެފައިވާކަމަށް ބަންޑާރަ ނައިބު މުޙައްމަދު އަނިލް ކުރިން ވިދާޅުވިކަމަށް އިނގިރޭސި ވިލާތުން ސްރީލަންކާއަށާއި ރާއްޖެއަށް ކަނޑައަޅުއްވާއި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ހަތަރު މެންބަރެއްގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅައި އެ ދާއިރާތަކުގެ ބައި އިލެކްޝަން ބޭއްވުމަށް ނިންމާފައިވާކަން އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފައިވަނިކޮށް ބުދަ ދުވަހު ޑޮރިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިދިޔަ މޭމަހުގެ 23 ވަނަ ދުވަހު ސަރުކާރުން އީޔޫގެ ވަފުދާއި އެކު ބޭއްވުނު މަޝްވަރާތަކުގައި ޕީޕީއެމްގެ ބައެއް މެންބަރުން އެޕޓީން ވަކިވެފައިވާކަމަށް ބަންޑާރަ ނައިބު އަނިލް ވިދާޅުވި ކަމަށެވެ.

މަޖިލިސް ރައީސް މަސީހުގެ އިިތުބާރު ނެތްކަމުގެ މައްސަލައަށް ތާއީދުކޮށް ސޮއިކުރި ޕީޕީއެމްގެ 11 މެންބަރުންގެ ތެރެއިން އެއް މެންބަރެއް ފިޔަވާ އެހެން ހުރިހާ މެންބަރުން ވަނީ އަމިއްލައަށް އެދިވަޑައިގެން ޕިޕީއެމުން ވަކިވެވަޑައިގެންފައެވެ. އެހެންނަމަވެސް އޭގެ ކުރިން، ސަރުކާރުގެ ބައެއް ސިޔާސަތު ތަކާއިމެދު ހިތްހަމަ ޖެހިވަޑައިނުގެން ސަރުކާރުން ހުށައެޅި ބައެއް ބިލުތަކަށް ވިޕްލައިނާއި ޚިލާފަށް ވޯޓުދީގެން އެމެންބަރުންނާއި މެދު ސުލޫކީ ކޮމިޓީން ފިޔަވަޅު އަޅައި އެ ބޭފުޅުން ވަނީ ޕާޓީން ވަކިކޮށްފައެވެ.

ޑޯރިސް މިހެން ވިދާޅުވެފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ، ހަތަރު މެންބަރެއްގެ ގޮނޑި ގެއްލިފައިވާކަމަށް ނިންމައި އެ ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން ނިންމާފައިވާކަން އިއުލާން ކޮށްފައެވެ.

- ކޮމެންޓް
19 ޖުލައި 2017 | ބުދަ 21:09
ޙާލުގެ ދުލުން
ތިބުނާ ޑޯރިސްއަކީ އުއްތަމަ ފަނޑިޔާރުތަ އަދިއެހެންނޫނަސް އަނީލް އެހެން ބުނި ނަމަވެސް އީ.ސީ އިން އެމެންބަރުން ޕާޓީއިން ވަކިކޮށް ރައްއްޔިތުންގެ މަޖިލީހުގެ އިދާރާއަށް އެގިވާހަކަ ވިދާޅުވިކަމަކަށް ޑޯރިސް ގެ ތިޓްވީޓަކުވެސް ބުނެފައެއް ނެތެންނުން. ދެން ރައްޔިތުންގެ ބޮލަށް ޗިޕް ޖަހަން ތިކަހަ ޚަބަރު ލިއުމަކީ އަދަމުންދާ އަލިފާން ގަނޑަށް ތެޔޮއެޅުން ކަހަލަ ކަމެއް ނޫސްއެރިންނަކީ ވަރަށް މަތިވެރި އަމާނާތެއް ޙަވާލު ކުރެވިފައިވާ ބައެއް އެމީހުން އަބަދުވެސް ޤައުމުގެ މަސްލަހަތަށް ބަލާ ރައްޔިތުންނަށް ކަންކަން ނޯޅޭގޮތަށް ޚަބަރު ލިއުން ވަރަށް މުހިންމު