ކ. މާލެ
|
13 ސެޕްޓެންބަރ 2023 | ބުދަ 18:04
ހެލްތް މިނިސްޓްރީ
ހެލްތް މިނިސްޓްރީ
ގޫގުލް
ބޭހަކަށް ސަމާލުވުމަށް އިލްތިމާސްކުރުން
ޑެފިޓެލިއޯގެ ފޯލްސިފައިންޑް ބެޗްތަކެއް ސަމާލުވުމަށް އިލްތިމާސްކޮށްފި
 
މިބޭހަކީ ރާއްޖެއަށް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ތެރޭގައި ހިމެނޭ ބޭހެއް ނޫން
 
މި ބޭސް ޔޫރަޕުގެ ތުރުކީގައި އަދި ދެކުނު އިރުމަތީ އޭޝިއާގެ އިންޑިޔާގައި ދައުރުވަމުންދޭ

ޑެފިޓެލިއޯ (ޑެފިބްރޮޓައިޑް ސޯޑިއަމް) ގެ ފޯލްސިފައިންޑް، ނުވަތަ ފޭކް ބެޗްތަކަކަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ.

އެއޮތޯރިޓީން ބުނީ ޑެފިޓެލިއޯގެ ފޯލްސިފައިންޑް(އަސްލު ނޫން) ބެޗްތަކެއް ޔޫރަޕުގެ ތުރުކީގައި އަދި ދެކުނު އިރުމަތީ އޭޝިއާގެ އިންޑިޔާގައި ދައުރުވަމުންދާ ކަމަށް ޑަބްލިއުއެޗްއޯގެ އެލާޓް ކޮށްފައިވާ ކަމަށެވެ.

މިބޭހުގެ ފޯލްސިފައިޑް ބަޗްތަކެއް މީގެ ކުރިންވެސް ޔުނައިޓެޑް އެރެބް އެމިރޭޓްސްއިންނާއި ކިރްގިސްތާން އިން ފެނިފައިވާ ކަމަށް ޑަބްލިއުއެޗްއޯގެ އެލާޓް ކޮށްފައިވާ ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެއެވެ.

މީގެ އިތުރުން އެއޮތޯރިޓީން ބުނީ މިބޭހަކީ ރާއްޖެއަށް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ތެރޭގައި ހިމެނޭ ބޭހެއް ނޫން ކަމަށެވެ. ނަމަވެސް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރާ ފަރާތްތަކުންނާއި ނުވަތަ އަމިއްލަ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެކޮށް ބޭނުންކުރާ ނަމަ ޑެފިޓެލިއޯގެ ފޯލްސިފައިންޑް ބެޗްތަކެއް ސަމާލުވާންޖެހޭ ކަމަށެވެ.

ޑެފިޓެލިއޯ (ޑެފިބްރޮޓައިޑް ސޯޑިއަމް) ގެ ފޯލްސިފައިންޑް

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ރާއްޖެއަށް އިމްޕޯރޓް ކުރާ ބޭސް ޚާއްސަ ސަމާލުކަމެއްދީގެން ޕޯރޓްތަކުގައި ބަލައި ފާސްކުރަމުން ގެންދާނެ ކަމަށެވެ.

އިތުރު މައުލޫމާތު ބޭނުންވާނަމަ އޮތޯރިޓީގެ މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް ޑިވިޝަންގެ ހޮޓްލައިން ނަންބަރަށް ގުޅުމަށް ވަނީ އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި
ރާއްޖޭގައި ޒިކާ ވައިރަސް ފެތުރެމުން ނުދޭ: ހެލްތު މިނިސްޓްރީ
ސިއްހީ ޚިދުމަތްތަކާމެދު އިތުބާރު ގެއްލޭގޮތަށް ވާހަކަ ފަތުރައި، ފޮޓޯ އާންމުކުރުން ކުށްވެރިކޮށްފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި ޑައެލިސިސް ޚިދުމަތް ފަށަނީ
އޮކްސިޖަން ފުޅިން އޮކްސިޖަން ހުސްވެގެން މީހަކު މަރުވިކަމުގެ ތުހުމަތު، މައްސަލަ ދަނީ ބަލަމުން
ދެ ބްރޭންޑެއްގެ ހަވާދުގެ ބައެއް ބާވަތްތައް އެތެރެކުރުމާއި ބޭނުންކުރުން އަދި ވިއްކުން މަނާކޮށްފި
ޞިއްޙީ ޚިދުމަތްދިނުމުގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުން އެކަށީގެންވާ ބަދަލެއް އަންނާނެކަމަށް ނުބެލެވޭ - ޒިޔާދު
24 ގަޑިއިރަށް ޚިދުމަތް ބަދަލުކޮށްފައިވާ އެއްވެސް ސިއްހީ މަރުކަޒަކަށް 24 ގަޑިއިރު ޚިދުމަތް ނުދެވޭނެކަމަށް ނާނގާނެ: މިނިސްޓަރު ހަލީލު
މޮޅަދޫގެ ސިއްހީ މަރުކަޒުގެ މަސައްކަތް ހުއްޓިފައި އޮތީ ބަޖެޓު ނެތުމުން، ޚިދުމަތް ދިނުމުގައި ކުޑަބޮޑު ރަށެއް ނުބަލަން: މިނިސްޓަރު ހަލީލު