ކ. މާލެ
|
13 ސެޕްޓެންބަރ 2023 | ބުދަ 10:07
ސިޓީ ކޮޅަށް ލަނޑު ޖެހުމަށްފަހު ސަލާހު އުފާ ފާޅުކުރަނީ
ސިޓީ ކޮޅަށް ލަނޑު ޖެހުމަށްފަހު ސަލާހު އުފާ ފާޅުކުރަނީ
ރޮއިޓާސް
ލިވަޕޫލް
ސަލާހް އަންނަ ސީޒަނުގައި ކުޅޭނީ ސައޫދީ ލީގުގައި: މިޑޯ
 
މިސުރުގެ ފުޓްބޯޅަ ލެޖެންޑް މިޑޯ ބުނަނީ ލިވަޕޫލުން ސަލާހް ވިއްކާލާނެ ކަމަށް

ލިވަޕޫލަށް ކުޅެމުން އަންނަ މިސުރުގެ ފޯވަޑް މުހައްމަދު ސަލާހް އަންނަ ސީޒަނުގައި ކުޅޭނީ މޮޅު ކުޅުންތެރިން ގަންނަމުންދާ ސައޫދީ ޕްރޯ ލީގުގައި ކަމަށް މިސުރުގެ ފުޓްބޯޅަ ލެޖެންޑް އަހުމަދު މިޑޯ ހުސާމް ބުނަން ފަށައިފި އެވެ.

އޭނާ މިހެން ބުނީ ޔޫރަޕުގައި މިވަގުތުހުރި އެންމެ މޮޅު އެއް ފޯވަޑް ސަލާހް ގަތުމަށް ސައޫދީ އަލް އިއްތިހާދުން 150 މިލިއަން ޕައުންޑް ހުށަހަޅާފައިވަނިކޮށެވެ. މި ހުށަހެޅުން ލިވަޕޫލުން ވަނީ ދޫކޮށްލައިފަ އެވެ. މައިގަނޑު ސަބަބަކީ ޓްރާންސްފާ މާކެޓުގައި އެވަރުގެ އެހެން މޮޅު ކުޅުންތެރިއަކު ގެނެވޭނެ ވަގުތު ނެތުމުންނެވެ.

ނަމަވެސް މިޑޯ ބުނަނީ އެހެން މުސްލިމް ކުޅުންތެރިން ފަދައިން ސަލާހް ވެސް ސައުދީ އަށް ބަދަލުވާނެ ކަމަށެވެ.

މުހައްމަދު ސަލާހް ސައުދީ ޕްރޯ ލީގަށް ބަދަލުވާނެ. އެކަމަކު އެކަމަށް ވަރަށް ރަނގަޅު ވަގުތަކަށްވާނެ ޕްރެމިއާ ލީގުގެ ތަށި ލިވަޕޫލަށް މި ސީޒަނުގައި ލިބުން. މި ސީޒަނަށްފަހު އޭނާގެ ކޮންޓްރެކްޓްގައި ބާކީ އޮންނާނީ އަހަރެއް. އޭގެ ސަބަބުން ލިވަޕޫލަށް އޭނާ 100 މިލިއަނަށްވުރެ ބޮޑުކޮށް ވިއްކާލެވެން ނޯންނާނެ
މިޑޯ

އުމުރުން 31 އަހަރުގެ ސަލާހް ވަނީ ލިވަޕޫލަށް 309 މެޗުން 188 ގޯލު ޖަހައިދީފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް