ކ. މާލެ
|
19 ޖުލައި 2017 | ބުދަ 13:18
ރައްޔިތުންގެ މަޖިލީސް މެންބަރުން
ރައްޔިތުންގެ މަޖިލީސް މެންބަރުން
ޕީޕަލް މެގަޒިން
މަޖިލީސް މެންބަރުންގެ ގޮނޑި ގެ
މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުނުކަން އަމީންއާންމަށް އަންގާފައެއް ނެތް-ރިޔާޒް
ހަތަރު މެންބަރުން ޕީޕީއެމް އިން ވަކިވެފައިވާ ކަން ކަމާގުޅޭ މުއައްސަސާތަކަށް އަންގާރަ ދުވަހު ވަނީ އަންގާފަ
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ 45 މެންބަރުންގެ ސޮޔާއި އެކު
މައްސަލައިގައި ބަހުސް ކުރުމަށް ވަގުތު ކަނޑައެޅުމަށް ބުރާސްފަތި ދުވަހު ބާއްވަން ހަމަޖެއްސި މަޖިލީހުގެ އާއްމު ކޮމެޓީގެ ބައްދަލުވުން ވަނީ ކެންސަލްކޮށްފަ

މަޖިލީހުގެ އެއްވެސް މެންބަރެއްގެ ގޮޑި ގެއްލިފައިވާކަމަށް، އިލެކްޝަންސް ކޮމިޝަނުން ނުވަތަ ސުޕްރީމް ކޯޓުން މަޖިލީހަށް އަންގާފައި ނުވާކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މަޖިލީހުގެ އަމީން އާންމާއި ބައްދަލުވު ކުރުމުން އެއްވެސް މެންބަރެއްގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން އަދި ސުޕްރީމް ކޯޓުންވެސް އަންގާފައިނުވާ ކަމަށް އަމީން އާންމު ވިދާޅުވެފައިވާ ކަމަށެވެ.

މެންބަރު ރިޔާޒް މިހެން ޓްވީޓްކުރައްވާފައިވާއިރު ހަތަރު މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށްވަނީ އަޑުތައް ފެތުރިފަ އެވެ.

މިގޮތަށް އަޑުތައް ފެތުރިފައިވަނީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ)، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ޕީޕީއެމް އިން ވަކިވެފައިވާކަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުންނެވެ.

މަޖިލީހުގެ މެންބަރުންެ ޕާޓީން ވަކިވުމުން ގޮނޑި ގެއްލޭނެކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާއިރު އެހުކުމުގެ ކުރިން ހިނގާފައިވާ ކަމަކަށް މެންބަރުންގެ ގޮނޑިއަކަށް އަސަރެއް ނުކުރާނެ ކަމަށް މި ހަފްތާގެ އާދިއްތަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ ބަޔާންކޮށްފައެވެ.

ސުޕްރީމް ކޯޓުން މަޖިލީހުގެ މެންބަރުންގެ ގޮނޑި އެ މެންބަރަކު އިންތިހާބުވެފައިވާ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކި ކޮށްފި ނަމަ ގެއްލޭނެ ކަަމަށް ކަނޑައަޅާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 45 މެންބަރުންގެ ސޮޔާއި އެކު ހުށަހަޅާފައިވަނިކޮށެވެ.

މަޖިލީހަށް ހުށަހެޅި މި މައްސަލައިގައި ޕީޕީއެމްއަށް ނިސްބަތްވާ 11 މެންބަރުންވެސް ހިމެނެ އެވެ. އެ މެންބަރުންގެ ތެރެއިން 10 މެންބަރުންވަނީ، ޕީޕީއެމްއިން ވަކި ވުމަށް ސިޓީ ފޮނުވާފަ އެވެ.

 މީގެ އިތުރުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ ހޯމަ ދުވަހު ނުބާއްވަން ނިންމާފައިވާކަމަށް  އިތުބާރުހިފޭ ފަރާތަކުން ވަނީ މައުލޫމާތު ލިބިފަ އެވެ.

އެ މައްސަލައިގައިބަހުސްކުރުމަށް ވަގުތު ކަނޑައެޅުމަށް ބުރާސްފަތި ދުވަހު މަޖިލީހުގެ އާއްމު ކޮމެޓީގެ ބައްދަލުވުމެއް ބޭއްވުމަށް ތާވަލް ކުރުމަށްފަހު ވަނީ ކެންސަލް ކޮށްފަ އެވެ. ނަމަވެސް ހޯމަ ދުވަހުގެ ޖަލްސާ ކެންސަލު ކުރިކަން ރަސްމީކޮށް އަދި ހާމަކޮށްފައެއް ނުވެއެވެ.

- ކޮމެންޓް