ކ. މާލެ
|
19 ޖުލައި 2017 | ބުދަ 11:31
ރައީސް އަބްދުﷲ ޔާމީން
ރައީސް އަބްދުﷲ ޔާމީން
ރައީސް އޮފީސް
މިނިވަން ދުވަސް
ރައީސް މިނިވަން ދުވަހު ރައްޔިތުންނާ މުހާތަބު ކުރައްވަނީ
ގައުމާ މުހާތަބު ކުރުމަށް ހަމަޖެހިފައިވަނީ، ޖުލައި 26 ވަނަ ދުވަހު 10:00 ގައި
ޖުލައި 26 ވަނަ ދުވަހުގެ ރޭ ހެވިކަމާއި ކުޅިވަރުގެ ރަސްމިއްޔާތު ބޭއްވުމަށްވަނީ ހަމަޖެހިފައި
ޖުލައި މަހުގެ 27 ވަނަ ދުވަހުރޭ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވާ ރަސްމީ ބައްދަލުކުރުން ބާއްވާނެ

މިނިވަން ދުވަހުގެ މުނާސަބާއާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން ގައުމާ މުހާތަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ގައުމާ މުހާތަބު ކުރުމަށް ހަމަޖެހިފައި ވަނީ  މި މަހުގެ 26 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ކަމަށް ރައީސް އޮފީހުން ހާމަކުރެ އެވެ.

ކޮންމެ އަހަރެއްގެ ވެސް މިނިވަން ދުވަހާ ގުޅުވައިގެން، ބާއްވާ ހެވިކަމާއި ކުޅިވަރުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ މިނިވަންދުވަހުގެ ރޭ 09:00 ގަ އެވެ. މި ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ގަލޮޅު ރަސްމީދަނޑުގަ އެވެ.

މި ހަރާތުގެ އިތުރަށް ދިވެހިރާއްޖޭގެ ގައުމީ ކެޑޭޓް ކޯގެ ފަރާތުން މިނިވަންދުވަހާ ގުޅުވައިގެން ބާއްވާ ޕްރޭޑާއި ރޫޓް މާޗު  ޖުލައި 27 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 16:30 ގަ އެވެ.

މީގެ އިތުރުން މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވާ ރަސްމީ ބައްދަލުކުރުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި ޖުލައި މަހުގެ 27 ވަނަ ދުވަހުގެ 09:00 ގައެވެ.

މިއަހަރުގެ ޖުލައި 26 ވަނަ ދުވަހަކީ 52 ވަނަ އަހަރު ފުރޭ މިނިވަންދުވަހެވެ.

- ކޮމެންޓް
20 ޖުލައި 2017 | ބުރާސްފަތި 12:05
No beybe
Aharemen beynun vanee wite rice. Not dark rice.