Advertisement
ކ. މާލެ
|
19 ޖުލައި 2017 | ބުދަ 08:51
ރައީސް ނަޝީދާއި ރައީސް މައުމޫން އަބްދުލްގައްޔޫމް
ރައީސް ނަޝީދާއި ރައީސް މައުމޫން އަބްދުލްގައްޔޫމް
ޓްވިޓަރ
މެމްބަރުންގެ ގޮނޑި ގެއްލުން
ގާނޫނު މުގުރާލުމަށް ސަލާމަތީ ބާރުތަކުން ރައީސްއަށް އެހީތެރިވެދީގެން ނުވާނެ: ރައީސް ނަޝީދު
ސުޕްރީމް ކޯޓުގެ ހުކުމް ވަރަށް ސާފު، އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭނެ
ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ގާނޫނުގެ ބާރު ހަނިކުރެއްވުމަށް
މާޒީގައި ހިނގާފައިވާ ކަންތައްތަކަށް ހުކުމް ތަންފީޒް ނުކުރެވޭނެ

ގާނޫނު މުގުރާލުމަށް ސަލާމަތީ ބާރުތަކުން ރައީސުލްޖުމްހޫރިއްޔާއަށް އެހީތެރިކަން ފޯރުކޮށްދީގެން ނުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރު ވަރަށް ސާފު ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ، މެންބަރުކަމުގެ ގޮނޑިއެއް ނުގެއްލޭ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރު އެހާ ސާފުކޮށް އޮއްވައި، ރައީސް އަބްދުﷲ ޔާމީން މަސައްކަތް ކުރައްވަމުން ގެންދަވަނީ ގާނޫނުގެ ބާރު ހަނިކުރެއްވުމަށް ކަމަށެވެ. އަދި އެގޮތަށް ގާނޫނު މުގުރާލުމުގައި ސަލާމަތީ ބާރުތަކުން ރައީސްއަށް އެހީތެރިވެދީގެން ނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ، ޕީޕީއެމް ދޫކުރައްވައި ވަޑައިގެންނެވި މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވިކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގުމާ އެކު، އެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެފައި ވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރެއްވި ޕީޕީއެމްގެ މެމްބަރުންގެ ތެރެއިން އިސްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު ފިޔަވައި ދެން ތިއްބެވި 10 މެމްބަރުން ޕީޕީއެމްއިން ވަކިވެވަޑައިގެންނެވިކަން ވަނީ ލިޔުމުން އެ ޕާޓީއަށް އަންގަވާފަ އެވެ.

ނިހާން ވިދާޅުވީ ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަށް ބަލައި، މެމްބަރަކު ވަކިވަންޏާ ވަކިވާނީ އިލެކްޝަންސް ކޮމިޝަނުން މެމްބަރުން ވަކިވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ހިސާބުން ކަމަށެވެ. ހުކުމުގެ ކުރިން އެ މެމްބަރުން ވަނީ ޕާޓީން ވަކިވުމަށް ސިޓީ ހުށަހަޅާފައި  ވިއަސް ނިހާން ތަކުރާރުކޮށް ވިދާޅުވީ ޕާޓީން މެމްބަރުން ވަކިވާނީ އިލެކްޝަންސް ކޮމިޝަނުގެ ސިޓީ ލިބުނީމަ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާއިރު ހުންނަ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި މިމަހުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވަނިކޮށް، އެ ކޯޓުން ވަނީ ވަނީ މިމަހުގެ 16 ވަނަ ދުވަހު އެ ހުކުމް އިތުރަށް ތަރުޖަމާ ކޮށްދީފަ އެވެ. 

ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ ހުކުމުގައި ބަޔާންކޮށްފައިވާ ތިން ހާލަތުންކުރެ ހާލަތަކީ އެ ހުކުމްކުރި ތާރީހުގެ ކުރީގައި ވުޖޫދުވެފައިވާ ހާލަތެއް ނަމަ، ނުވަތަ އެއިން ހާލަތަކާ ގުޅޭ އެއްވެސް އިޖުރާއަތެއްގެ މައްޗަށް ބިނާކޮށް އެޅިފައިވާ ނުވަތަ އަޅާ އެއްވެސް ފިޔަވަޅެއް ނަމަ އެފަދަ އެއްވެސް ހާލަތެއްގެ މައްޗަށް ނުވަތަ އެފަދަ އެއްވެސް ހާލަތަކާ ގުޅިފައިވާ އިޖުރާއަތެއް ނުވަތަ ކަމެއްގެ މައްޗަށް އެ ގަޟިއްޔާގެ ހުކުމުގެ އަސަރު އެއްވެސް ގޮތަކުން މާޒީއަށް ރުޖޫއަވާ ގޮތަށް ތަންފީޒު ކުރުން ހުއްދަކުރެވިފައިނުވާކަން އެ ހުކުމުން ސާފުކޮށް އެނގޭ ކަމަށެވެ.

އެ އަމުރުގައި ބުނެފައިވަނީ، ސިޔާސީ ޕާޓީއަކުން އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވަކިކުރުމުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނު އާއި ޕާޓީގެ އަސާސީ ގަވާއިދުގައި ނުވަތަ އެ ނޫން ގާނޫނަކުން ނުވަތަ ގަވާއިދަކުން ވިޔަސް ކަނޑައަޅާފައިވާ ގާނޫނީ އިޖުރާއަތުއަށް ތަބާވުން އިސްތިސްނާ ކުރެވިފައިނުވާ ކަން އެ ހުކުމުގެ ގަޟިއްޔާއިން އެނގޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
19 ޖުލައި 2017 | ބުދަ 16:05
ޙާލުގެ ދުލުން
މީނައަށް ޤާނޫނާއި ބިއްލޫރި ވަކިނުވާތީ ޤާނޫނު މުގުރާލާފަ ފަނޑިޔާރަކު ޤާނޫނުގެ ނިޒާމުން ގެއްލުވާލުމުން ނޫންތޯ ނީނަގެ މައްޗަށް ޓެރަރިޒަމުގެ ކުށްސާބިތުވެ 13 އަހަރަށް ޖަލަށްލާން ޙުކުމް ކުރީ އެހެން ވީމާ އޭނައަށް ހީވާނީ ތިމަންނައެކޭ އެއްގޮތަށް ދެންތިބި މީހުންނަށްވެސް ޤާނޫނާއި ބިއްލޫރި އޮޅި ޤާނޫނު މުގުރާނެ ހެން މިހާރު އެކުރާ ކަމަކީ އޭނައަށް ޖެހުނު ޙާލު މިޤައުމުގައި ދެން ތިބި ސިޔާސީ ލީޑަރުންނަށް ޖެއްސުންސިޔާސީ ހުރިހާ ލީޑަރުންނަށް އާދޭސް ކޮށް ދަނަނަވަން ތިކަލޭގެ މަކަރުވެރިކަމުން ސަލާމަތްވެ ޤައުމުގެ މަސްލަހަތާއި އިސްލާމްދީނުގެ ޙިމާޔަތުގައި އަވަހަށް ތެދުވޭ ރައީސް މައުމޫނާއި ޢަމްރާނު ޢަބްދުﷲ އާއި ޤާސިމް އިބްރާހީމަށް ރަގަޅަށް އެގިވަޑައިގަންނަވާނެ ތިއީ ހުޅަގުގެ ޣައިރު މުސްލިމުންނާއި ގުޅިގެން އެމީހުން ބޭނުންވާހުރިހާކަމަކަށް މިޤައުމުގައި މަގުފަހިކޮށްދޭން އމީހުންނަށް ބައިޢަތުހިފާފައިވާ ހުޅަގުގެ އެޖެންޓެއްކަށް 4 ޅީޑަރުންނަށް އާދޭސް ދަންނަވަން އަވަހަށް ދިކަލޭގެ ދޫކޮށް މާތްވެގެންވާ އިސްލާމް ދީނާއި ޤައުމުގެ ޙިމާޔަތުގައި ތެދުވެ ވަޑައި ގަންނަވާ އެއިރުން އަޅުގަނޑުމެން ތިބޭނީ ތިބޭފުޅުންނާއި އެކުގާ
19 ޖުލައި 2017 | ބުދަ 11:11
މުސްލިމެއް
އިރާދަކުރެއްވިއްޔާ ފަސޭހަކަމާއެކު 2018 ޔާމީން ކާމިޔާބުކުރާނެ!؟
19 ޖުލައި 2017 | ބުދަ 11:09
ހމޒ
މާތްﷲ ގެ ރަޙްމަތްފުޅާއެކު ، މިފަހަރުވެސް އިދިކޮޅޭމެން ވާނީ ފެއިލް! ފަސާދަކުރާމީހުންދެކެ މާތްﷲ ލޯބިވެވޮޑިގެން ނުވާކަމަށް އެއޮތީ ކީރިތި ޤުރުއާނުގެ ނައްޞުން ސާބިތުވަން!؟