ކ. މާލެ
|
5 ސެޕްޓެންބަރ 2023 | އަންގާރަ 10:26
އިންޓަމިލާނާއި އޭސީ މިލާން ކުޅުނު މެޗުގެ ތެރެއިން
އިންޓަމިލާނާއި އޭސީ މިލާން ކުޅުނު މެޗުގެ ތެރެއިން
ބީބީސީ
އިޓާލިއަން ލީގު
ރަނގަޅު އަގެއް ނުލިބޭތީވެ އިޓާލިއަން ލީގުން ޓީވީ ޗެނަލެއް އުފައްދަނީ
 
އިޓާލިއަން ލީގު މިހާރު ދައްކަނީ އަހަރަކު 930 މިލިއަން ޔޫރޯ އަށް

އިޓަލީގައި އެ ގައުމުގެ ފުޓްބޯޅަ ލީގު ސެރިއާގެ މެޗުތައް ދައްކަން ރަނގަޅު އަގެއް ޓީވީތަކުން ނުލިބޭނަމަ އަމިއްލަ ޓީވީ ޗެނަލެއް އުފައްދައި މެޗުތައް ދައްކަން އިޓާލިއަން ލީގުން ވިސްނަން ފަށައިފި އެވެ.

އިޓަލީގެ ލީގު، ސެރިއާއިން ބުނީ ވަކިގޮތެއް ނިންމުމުގެ ކުރިން އަންނަ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހާ ހަމައަށް މިކަމާމެދު ޓީވީ ސްޓޭޝަންތަކާ މަޝްވަރާކުރާނެ ކަމަށެވެ.

ސެރިއާގެ ކުލަބުތަކަށް ފައިސާލިބޭ އެންމެ ބޮޑު އެއް ވަސީލަތަކީ އަމިއްލަ ޓީވީ ސްޓޭޝަންތަކުން ލީގުގެ މެޗުތައް ދެއްކުމަށް ހުށަހަޅާ ފައިސާ އެވެ. މި ގޮތުން އިޓާލިއަން ލީގު މިހާރު ދައްކަމުން އަންނަނީ އަހަރަކު 930 މިލިއަން ޔޫރޯ އަށެވެ. މި އެއްބަސްވުން އަންނަ އަހަރު ހަމަވާނެ އެވެ. މިހެންވެ މި އަށްވުރެ ރަނގަޅު އަގެއް ހޯދުމަށް މި އަހަރުގެ ކުރީކޮޅު ސެރިއާއިން ވަނީ އިޓަލީގެ ބައެއް ޓީވީ ސްޓޭޝަންތަކާއެކު ޓީވީ ރައިޓްސްގެ އަގު ކަނޑައެޅުމާމެދު މަޝްވަރާކޮށްފަ އެވެ.

ނަމަވެސް މިހާރަށްވުރެ އަގުތަކެއް ލިބެމުންނުދާތީވެ ސެރިއާގެ ސެރިއާގެ ޗީފް އެގްޒެކެޓިވް ލުއިގީ ޑި ސެއިވޯ ނޫސްވެރިންނާ ވާހަކަ ދައްކަމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ކުރިއަށް އޮތް ފަސް އަހަރަށް ރައިޓްސް ވިއްކާލުން ފަސްކުރީ އަހަރަކު އެއް ބިލިއަން ޔޫރޯ އަށްވުރެ ކުޑަ އަގެއް ލިބުމުންނެވެ.

އަހަރުމެންވާނީ މެޗުތައް ދެއްކުމުގެ ކަންކަން ހަމަޖެއްސުމަށް ގޮތްތަކެއް ރާވާފައި. އަމިއްލައަށް މެޗުތައް ދައްކަން މިދަނީ ވިސްނަމުން. މާކުޑަ އަގެއްގައި މެޗުތައް ދައްކަން ރައިޓްސް ވިއްކާލަން އަހަރުމެން ބޭނުމެއްނޫން
ޑި ސެއިވޯ
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް