ކ. މާލެ
|
19 ޖުލައި 2017 | ބުދަ 02:40
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް މިނިވަންކުރުމަށް ގޮވާލާ ބޭއްވި އެއްވުމެއްގައި ޔުމްނާ މައުމޫނާ، ފާރިސް މައުމާނު އެކުގައި
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް މިނިވަންކުރުމަށް ގޮވާލާ ބޭއްވި އެއްވުމެއްގައި ޔުމްނާ މައުމޫނާ، ފާރިސް މައުމާނު އެކުގައި
މުހައްމަދު ޝަރުހާން
ފާރިސް ހައްޔަރުކުރުން
ފާރިސްއާއި ދެކޮޅަށް ހެއްކެއް ނުލިބޭނެ، މައްސަލަ ސާބިތެއް ނުކުރެވޭނެ: ޔުމްނާ
ފާރިސް ހައްޔަރުކޮށްފައިވަނީ މެމްބަރުންނަށް ރިޝްވަތު ދިންކަމުގެ ތުހްމަތުގައި
މަޖިލީސް ރައީސް އާއި ޒާތީ މައްސަލައެއް ނެތް
މިއީ މެމްބަރުންނަން ބިރުދެއްކުމަށް ކުރާ މަސައްކަތަށް އިތުރުކޮއްލި ބޮޅެއް

މަޖިލީހުގެ މެމްބަރުންނަށް ނުފޫޒު ފޯރުވައި ގާނޫނާ ހިލާފަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމުގެ ތުހުމަތު ދިއްގަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފާރިސް މައުމޫންގެ މައްޗަށް ސާބިތުނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުﷲ ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

 

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް، 42 މެންބަރުންގެ ސޮއި ހޯދުމަށް މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވައި ގާނޫނާ ޚިލާފަށް މަސައްކަތްތަކެއް ކުރިކަމުގެ ތުހުމަތުގައި ފާރިސް މައުމޫން ހައްޔަރުކުރުމާއި ގުޅިގެން ރާއްޖެޓީވީގެ 60 މިނެޓުގައި ވާހަކަދައްކަވަމުން ޔުމްނާ މައުމޫން ވިދާޅުވީ އެއްވެސް މައްސަލައެއް ފާރިސްގެ މައްޗަށް ސާބިތުކާނެ ހެއްކެއް ފުލުހުންނަން ނުލިބޭނެ ކަމަށެވެ. މަޖިލީސް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައެޅީ ގުޅިފައިވާ ހަތުރު ސިޔާސީ ޕާޓީގެ ލީޑަރުން ފެއްޓެވި އިސްލާހީ މަސައްކަތުގައި، އެކަން ކުރުމަށް ނިންމެވުމުން ކަމަށް ޔުމްނާ ވިދާޅުވިއެވެ.

 

"ޙަގީގަތުގައި އެއްވެސް ޙެއްކެއް ގަރީނާއެއް އޮވެގެނެންނޫން، ތިން ގަޑީއިރު ވަންދެން ފުލުހުން ވަޑައިގެން ފާރިސް ދިރިއުޅުއްވާ ގެކޮޅު ބަލާއި ފާސްކުރި.  ބަލާ ފާސްކުރުމަށް ފަހު ހައްޔަރުކުރުމުގެ ކޯޓް އަމުރެއް ހިފާއިގެން އައިސް، ފާރިސް ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދިޔައީ.  ޙަގީގަތުގައި މިއީ މުޅިން ސިޔާސީ ކަމަކޭ އަޅުގަނޑު ދަންނަވާނީ.  ފާރިސްގެ ގާނޫނީ ވަކީލް ވިދާޅުވީ ފާރިސް ހުންނެވީ ވަރަށް ސާބިތުކަމާއި އެކު ހެޔޮހާލުގައި ކަމަށް" ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ޔުމްނާ މައުމޫން ވިދާޅުވިއެވެ.

 

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ސޮއި ކުރެއްވި މެމްބަރުންނަން ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސިޔާސީ ގޮތުން ބިރުދައްކާކަން ފާހަގަކުރައްވަމުން ޔުމްނާ ވިދާޅުވީ ފާރިސް ހައްޔަރުކުރީ އިސްލާހީ މަސައްކަތުގެ ބައިވެރިންނަން ބިރުދެއްކެވުމުގެ ގޮތުން ކަމަށެވެ.

 

ޔުމްނާ ވިދާޅުވީ މިއަދު ގައުމުގައި އިސްލާހް ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ. އެކަންކަން އިސްލާހް ކުރެވޭނީ މަޖިލީހުގެ ރައީސް މަގާމުން ދުރުކުރުމުން ކަމަށާއި، ގުޅިގައިވާ ސިޔާސީ ޕާޓީތަކުގެ އެއްވެސް މަޖިލީސް މެމްބަރަކާއި މަސީހާއި ޒާތީކަމެއް ނެތް ކަމަށް ޔުމްނާ ވިދާޅުވިއެވެ.

 

ޔުމްނާއި މައުމޫން ރާއްޖެޓީވީއަށް އިންޓަރވިއު ދެއްވަނީ

"މަޖިލީހުގެ ތެރޭގައި ކުރަންޖެހޭ މަސައްކަތްތަށް، ކޮމެޓީތަކުން ކުރަންޖެހޭ މަސައްކަތަށް، ހަގީގަތުގައި ނުކުރެވޭތީ، އިތުބާރު ނެތް ކަމުގެ ވޯޓެއް ހުށައަޅާއިގެން މިއުޅެނީ.  މިއީ މަސީހާ އޮތް ޒާތީ ކަމެއް ނޫން، މަޖީލީސްތެރެ މިނިވަންތަނަކަށް ހެދުމަށް، ސަރުކާރު ޖަވާބްދާރީ ކުރެވޭ ތަނަކަށް ހެދުމަށް، މެމްބަރު ނުކުމެވަޑައިގެން ، ސިޔާސީ ޕާޓީތަށް ގުޅިގެން މަސައްކަތް މި ކުރަނީ" ޔުމްނާ ވިދާޅުވިއެވެ.

 

ފާރިސްގެ މައްޗަށް ޖުމްލަ ތިން ތުހުމަތެއް ކޮށްފައިވެ އެވެ. އެގޮތުން ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތުގެ ކުށާއި، 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ކުށުގެ އިތުރުން، 540 ވަނަ މާއްދާގެ ދަށުން ހެކި ދިނުމަށް ހުރި މީހަކަށް ނުވަތަ ވޯޓް ދޭން ހުރި މީހަކަށް ނުވަތަ ދައުލަތުގެ މަސައްކަތެއް ކުރުމަށް ހުރި މީހަކަށް ބިރުދެއްކުމާއި، ނުރަނގަޅު ގޮތުގައި ނުފޫޒު ފޯރުވުމާއި ދެކޮޅު ހެދުމުގެ ކުށުގެ ތުހުމަތު ކޮށްފައިވެ އެވެ.

 

ފާރިސްގެ މައްޗަށް ލިބިފައިވާ ހެއްކާއި ގަރީނާގެ ގޮތުގައި ކޯޓް އަމުރުގައި ފާހަގަކޮށްފައިވަނީ، ފުލުހުންގެ ސިއްރު އިންޓެލިޖެންސް ރިޕޯޓަކާއި، ސިއްރު ހެއްކެއްގެ ހެކި ބަހާއި، މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތެއްގެ ފޯނުން ފެނިފައިވާ މެސެޖްތަކުގެ ތަފްސީލްގެ އިތުރުން މައްސަލައާ ގުޅޭގޮތުން ލިބިފައިވާ ވީޑިއޯއެއްގައި ހިމެނޭ އޯޑިއޯގެ ސްކްރިޕްޓް އެވެ

- ކޮމެންޓް